Search Streamline Icon: https://streamlinehq.com

އެންމެ އުފެއްދުންތެރި ”ކާރުޚާނާ“

Kandakee amaanaatheh Pic
Advertisement

ދިވެހިރާއްޖޭގެ ތަރައްޤީއަށް މަސްވެރިކަން ކުރަމުންދާ ޙިއްސާ އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ މަސްވެރިކަމަށް އަންނަމުންދާ ބަދަލާއި އެކު އައު ބާވަތްތަކުގެ މަސްވެރިކަން ރާއްޖޭގައި ތަޢާރަފްވެ، ކުރިއަށްދާން ވަނީ ފަށާފައެވެ. މަސްވެރިކަމަކީ ހަމައެކަނި ދޮށީގެ މަސްވެރިކަން ކަމުގައި ދިވެހިން ދެކެމުން އައި ދުވަސް މިއަދު މިވަނީމާޒީ އާއި ގުޅިފައެވެ.

ދިވެހިރާއްޖޭގެ ވަށައިގެން މިވާ ކަނޑުގެ މާޙައުލަކީ މުއްސަނދި މާޙައުލެކެވެ. އަޅުގަނޑުމެންނަކީ އެވެށީގެ ދަރީންނެވެ. އަޅުގަނޑުމެންނަކީ އެވެށީގެ ދަރީންނެވެ. އަޅުގަނޑުމެންނަކީ އެވެށީގެ ޙިމާޔަތާއި ފައިދާ ހޯދައިގެން ދިރިއުޅުން ބިނާކުރަންޖެހިފައިވާ ބައެކެވެ. އެވެއްޓަށް އަންނަ ކޮންމެ ބަދަލަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް އަންނަ ބަދަލެކެވެ. އެވެށީގެ ނެތި ދިއުމަކީ އަޅުގަނޑުމެންގެވެސް ނެތިދިއުން ކަމުގައި ނޫނީ ނުވާނެއެވެ.
އަޅުގަނޑުމެންގެ މާޙައުލަކީ ވަރަށް ނާޒުކު މާޙާއުލެކެވެ. ކުރިން މިއިޝާރާތްކުރި މުއްސަނދިކަން ދެމެހެއްޓުމަށްޓަކައި ފަރުފަޅުތަކުގެ ވެށި ހަޑިވެ ތައައްޔަރު ވިޔަދީގެން ނުވާނެއެވެ. އެއީ ތަފާތު އެތައް ދިރުންތަކެއްގެ ގޯއްޗެކެވެ. 

ކަނޑުގެ އެންމެ އުފެއްދުންތެރި ”ކާރުޚާނާ“ އެވެ. މިދެންނެވި މާޙައުލުގައި އަޅުގަނޑުމެން މަސްވެރިކަން ކުރިކަމުގައި ވިއަސް ނުވަތަ އެނޫންވެސް މަސައްކަތެއް ކުރި ކަމުގައި ވިއަސް އެތަންތަން ވާންވާނީ ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކުރެވިފައިވާ ތަންތަންކަމުގައި ބާއްވާށެވެ. އަޅުގަނޑު މިދެންނެވީ މިމާޙައުލުގައި ހިނގާ ކޮންމެ ޙަރަކާތްތަކަކީ ވެސް ވަކި މިންވަރެއްގައި ބެލެހެއްޓިގެން ހިންގޭ ޙަރަކާތެއް ކަމުގައި ވުމުގެ މުހިއްމު ވާހަކައެވެ.

ދިވެހިރާއްޖޭގެ ފަރުފަޅުތަކަށް ފަހަކަށް އައިސް އަޅުގަނޑުމެންގެ ފުށުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކައަކީ އެންމެންވެސް މިއަދު ދައްކާ ވާހަކައެކެވެ. މިރާއްޖޭގެ ރަށްތަކަށް އިންޑިޔާ ކަނޑުގެ ހަލަބޮލި ރާޅުތައްދޭ ޙަމަލާތަކުން ދިފާޢުކޮށްދޭ ވެއްޓަކީ އަޅުގަނޑުމެންގެ ރައްތައް ދެމިއޮތުމުގެ އަސްލުކަން ޤަބޫލުކުރަން ޖެހެއެވެ. އެހެންކަމުން ޤުދުރަތީ ސަބަބުތަކާއި އެކުއެކީގައި އަޅުގަނޑުމެންގެ ”ހަމަލާ“ ތައް އެ މާޙާއުލަށް އަމާޒުވާން ވެއްޖެނަމަ އެއީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ.

އާދެ! މިއީ މިއަދު އަޅުގަނޑުމެންގެ ތަޖްރިބާގެ އަލީގައި ވިސްނާ ފިކުރުކުރަން ވެފައިވާ މައްސަލަތަކެކެވެ. ކަނޑުގައި އުޅޭ ކޮންމެ ދިރުމަކީ އޭގައި ފާޅުވެގެންވާ އަދި ނޭންގޭ އެތައް ގުޅުންތަކެއް ހިމެނޭ އެއްޗެކެވެ. އެއް ބާވަތެއް މަދުވެ ނެތިއްޖެނަމަ އެއިގެ ސަބަބުން އެވެށީގެ ގުޅުންތަކަށް ބުރޫއަރާނެއެވެ. ޤުދުރަތީ ހަމަހަމަކަމުގެ ނިޒާމް ގެއްލޭގޮތް ދިމާވެދާނެއެވެ. ކަނޑަކީ ހުސްނުވާނެ ޚަޒާނާއެއް ކަމުގައި ބަލައިގެން މިއަދު އަޅުގަނޑުމެންނަކަށް ތިބެވޭކަށް ނެތެވެ. އޭގައިވާ އަގުހުރި ޚަޒާނާތައް ހޯދާ ދަމަހައްޓައިގެން ބޭނުން ކުރަންވީއެވެ. ކަނޑުތަކުގެ ޚަޒާނާ ޖީލުތަކަށް ރައްކާތެރި ކުރެވޭނީ އޭރުންނެވެ.

Advertisement

ރައްޤީއަށް މަސްވެރިކަން ކުރަމުންދާ ޙިއްސާ އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ މަސްވެރިކަމަށް އަންނަމުންދާ ބަދަލާއި އެކު އައު ބާވަތްތަކުގެ މަސްވެރިކަން ރާއްޖޭގައި ތަޢާރަފްވެ، ކުރިއަށްދާން ވަނީ ފަށާފައެވެ. މަސްވެރިކަމަކީ ހަމައެކަނި ދޮށީގެ މަސްވެރިކަން ކަމުގައި ދިވެހިން ދެކެމުން އައި ދުވަސް މިއަދު މިވަނީމާޒީ އާއި ގުޅިފައެވެ.

ދިވެހިރާއްޖޭގެ ވަށައިގެން މިވާ ކަނޑުގެ މާޙައުލަކީ މުއްސަނދި މާޙައުލެކެވެ. އަޅުގަނޑުމެންނަކީ އެވެށީގެ ދަރީންނެވެ. އަޅުގަނޑުމެންނަކީ އެވެށީގެ ދަރީންނެވެ. އަޅުގަނޑުމެންނަކީ އެވެށީގެ ޙިމާޔަތާއި ފައިދާ ހޯދައިގެން ދިރިއުޅުން ބިނާކުރަންޖެހިފައިވާ ބައެކެވެ. އެވެއްޓަށް އަންނަ ކޮންމެ ބަދަލަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް އަންނަ ބަދަލެކެވެ. އެވެށީގެ ނެތި ދިއުމަކީ އަޅުގަނޑުމެންގެވެސް ނެތިދިއުން ކަމުގައި ނޫނީ ނުވާނެއެވެ.
އަޅުގަނޑުމެންގެ މާޙައުލަކީ ވަރަށް ނާޒުކު މާޙާއުލެކެވެ. ކުރިން މިއިޝާރާތްކުރި މުއްސަނދިކަން ދެމެހެއްޓުމަށްޓަކައި ފަރުފަޅުތަކުގެ ވެށި ހަޑިވެ ތައައްޔަރު ވިޔަދީގެން ނުވާނެއެވެ. އެއީ ތަފާތު އެތައް ދިރުންތަކެއްގެ ގޯއްޗެކެވެ. 

ކަނޑުގެ އެންމެ އުފެއްދުންތެރި ”ކާރުޚާނާ“ އެވެ. މިދެންނެވި މާޙައުލުގައި އަޅުގަނޑުމެން މަސްވެރިކަން ކުރިކަމުގައި ވިއަސް ނުވަތަ އެނޫންވެސް މަސައްކަތެއް ކުރި ކަމުގައި ވިއަސް އެތަންތަން ވާންވާނީ ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކުރެވިފައިވާ ތަންތަންކަމުގައި ބާއްވާށެވެ. އަޅުގަނޑު މިދެންނެވީ މިމާޙައުލުގައި ހިނގާ ކޮންމެ ޙަރަކާތްތަކަކީ ވެސް ވަކި މިންވަރެއްގައި ބެލެހެއްޓިގެން ހިންގޭ ޙަރަކާތެއް ކަމުގައި ވުމުގެ މުހިއްމު ވާހަކައެވެ.

ދިވެހިރާއްޖޭގެ ފަރުފަޅުތަކަށް ފަހަކަށް އައިސް އަޅުގަނޑުމެންގެ ފުށުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކައަކީ އެންމެންވެސް މިއަދު ދައްކާ ވާހަކައެކެވެ. މިރާއްޖޭގެ ރަށްތަކަށް އިންޑިޔާ ކަނޑުގެ ހަލަބޮލި ރާޅުތައްދޭ ޙަމަލާތަކުން ދިފާޢުކޮށްދޭ ވެއްޓަކީ އަޅުގަނޑުމެންގެ ރައްތައް ދެމިއޮތުމުގެ އަސްލުކަން ޤަބޫލުކުރަން ޖެހެއެވެ. އެހެންކަމުން ޤުދުރަތީ ސަބަބުތަކާއި އެކުއެކީގައި އަޅުގަނޑުމެންގެ ”ހަމަލާ“ ތައް އެ މާޙާއުލަށް އަމާޒުވާން ވެއްޖެނަމަ އެއީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ.

އާދެ! މިއީ މިއަދު އަޅުގަނޑުމެންގެ ތަޖްރިބާގެ އަލީގައި ވިސްނާ ފިކުރުކުރަން ވެފައިވާ މައްސަލަތަކެކެވެ. ކަނޑުގައި އުޅޭ ކޮންމެ ދިރުމަކީ އޭގައި ފާޅުވެގެންވާ އަދި ނޭންގޭ އެތައް ގުޅުންތަކެއް ހިމެނޭ އެއްޗެކެވެ. އެއް ބާވަތެއް މަދުވެ ނެތިއްޖެނަމަ އެއިގެ ސަބަބުން އެވެށީގެ ގުޅުންތަކަށް ބުރޫއަރާނެއެވެ. ޤުދުރަތީ ހަމަހަމަކަމުގެ ނިޒާމް ގެއްލޭގޮތް ދިމާވެދާނެއެވެ.

ކަނޑަކީ ހުސްނުވާނެ ޚަޒާނާއެއް ކަމުގައި ބަލައިގެން މިއަދު އަޅުގަނޑުމެންނަކަށް ތިބެވޭކަށް ނެތެވެ. އޭގައިވާ އަގުހުރި ޚަޒާނާތައް ހޯދާ ދަމަހައްޓައިގެން ބޭނުން ކުރަންވީއެވެ. ކަނޑުތަކުގެ ޚަޒާނާ ޖީލުތަކަށް ރައްކާތެރި ކުރެވޭނީ އޭރުންނެވެ.

އަސްދަނޑި މަޖައްލާއަށް އާދަމް ޙަފީޡް ލިއުއްވާފައިވާ ލިއުމެއް.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި