Search Streamline Icon: https://streamlinehq.com

ޖިންސީ ފުރައްސާރައިގެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް: ޖުނައިދު

252983729 358161559442156 5568752679951154675 n

އޮންދިގޯގައި އެޗްއާރު މަޤާމުގައި ވަޒީފާ އަދާކުރި އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތަކީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށް އިންޑިގޯގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ފޭސްބުކް ޕޯސްޓެއްގައި އަންހެންކުއްޖަކު ބުނެފައިވަނީ އޭނަގެ ބޮސް ކަމަށްވާ މުހައްމަދު ޖުނައިދު އެތައް ދުވަހެއްގެ މަތިން އޭނައަށް ޖިންސީ ފުރައްސާރަ ކޮށްފައިވ ކަމަށާއި އޭނަގެ ޖިންސީ ގުނަވަންތަކުގައި ހިފާހެދި ކަމަށެވެ. ޖުނޭދުގެ މިއަމަލުތަކަށް ކެތްނުވެގެން ވަޒީފާ ދޫކޮށްލި މިއަންހެންކުއްޖާ ބުނި ގޮތުގައި އެތާނގައި މީގެކުރިން މަސައްކަތް ކުރި އެހެން އަންހެންކުއްޖަކުވެސް ޖުނެއިދުގެ ޖިންސީ ފުރައްސާރައިގެ ޝިކާރައކަށްވެފައި ވާ ކަމަށާއި އެކުއްޖާވެސް ވަޒީފާ ދޫކޮށް ދިޔައީ ކަމަށެވެ.

މިމައްސަލައިގައި މީޑިޔާއަށް މައުލޫމާތުދެމުން ޖުނޭދު ވިދާޅުވަނީ އޭނަގެ އަބުރަށް ހުތުރުވާގޮތަށް ކުންފުނީގެ އަގުވައްޓާލާ އެގޮތަށް ކަންތައް ކުރުުމުން ކުންފުނީގެ ލޯޔަރުންގެ ޓީމުން އެމައްސަލަ ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ކުންފުނީގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި އަދި ޑިއުޓީއަށް މަކަރުހަދައި ދޮގު ހަދާކަން ކުންފުންޏަށް އެނގިގެން އޭނާ އެކުންފުނީގެ ވަޒީފާއިން ވަކި ކުރީ ކަމަށެވެ. އެކަން ކަމުގެ ހެކި ވެސް އެބަހުރި ކަމަށާއި ނަމަވެސް އެ ހެކިތައް ސޯޝަލް މީޑިއާގައި ހާމަކޮށް އެކުއްޖޭގެ ކެރިއާ ދުއްވާލަން މަސައްކަތް ނުކުރައްވާނެ ކަމަށް ޖުނޭދު ވަނީ މައުލޫމާތުދީފައެވެ.

ޖުނޭދު އިތުރަށް ވިދާޅުވީ މިއީ ސިޔާސީ އޭނާ ބަދުނާމް ކުރުވަން ބަޔަކު އެކުއްޖާ ލައްވާ ކުރުވާ ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި