އަހަރެންގެ އަންހެނުން ކުރިން ކިޔަވައިދެނީ އަންހެން ކުދިންނަށް ޚާއްޞަ ސްކޫލެއްގައެވެ. ކޮންމެ ދުވަހަކުވެސް އޭނާ ސްކޫލުދޮށަށް ގެންގޮސް، ގެޔަށް ގެނެސްދީ ހަދަނީ އަހަރެންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ސްކޫލް ގޭޓާ ހަމައަށް ދެވުމުން، އަހަރެން ކާރުން ފައިބައިގެން ގޮސް އޭނާ އިންނަ ފަރާތުގެ ދޮރު ހުޅުވައި ދެމެވެ. ދެން އޭނަ ކާރުން ފައިބައިގެން ދެއެވެ.
ކޮންމެއަކަސް އަހަރެން މި ގޮތަށް ކަނތައްކުރާތީ މިއީ އެނާ މަސައްކަތް ކުރާ ސްކޫލުގައި މާ ފޯރިގަދަ މައުޟޫއަކަށް ވެއްޖެއެވެ. ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންގެ މެދުގައިވެސް މިވާހަކައަކީ މާ ހިނގާ ވާހަކައަކަށް ވެއްޖެއެވެ. އަހުރެންގެ ހިތްހެޔޮ ކަމާއި އޯގާތެރިކަމުގެ ވާހަކައެވެ.
ސްކޫލްގެ ހެޑުމިސްޓްރެސް ވެސް ހުންނަކީ މިކަމާ އަންހެނުން ދެކެ ހަސަދަވެރިވެފައެވެ. އެގޮތުން އަންހެނުންނަށް ޖެއްސުން ކުރަމުން އެމީހުން އޭނާގަތުގައި އަހުރެންގެ ވާހަކަ ދައްކައި އުޅެއެވެ.
އެމީހުން ބުނެ އުޅެއެވެ. ތިޔައީ ހާދަހާވާ ނަސީބު ގަދަ އަންހެނެކެވެ. އަހުރެންގެ ފިރިމީހާވެސް ތިޔަގޮތަށް ކަނތައް ކުރާނެ ނަމައޭ ހިތަށް އަރައެވެ. ތިޔައީ ހާދަހާވާ ރޮމޭންޓިކް ފިރިއެއްތާކެވެ.
އެކަމަކު އެނގޭހެއްޔެވެ.؟ މިއިން، އެއްވެސް މީހަކަށް ނޭނގޭ ހަޤީގަތަކީ އަހުރެންގެ ކާރުގެ ޑުރައިވަރު ސީޓް ދޮރު ނޫން އެހެން ހުރިހައި ދޮރެއް ހުންނަނީ ހަލާކުވެފައި ކަމެވެ. އެ ދޮރުތައް ހުޅުވެނީ ހަމައެކަނި ކާރުގެ ބޭރުންނެވެ.
ކޮންމެއަކަސް މި ދޮރާއި ހުރެ މިހާރު އަހުރެންގެ ޙަޔާތަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. މިހާރު އަހަރެންގެ ތިން އަނބިން އެ ސުކޫލުގައި ތިބެއެވެ. އަހަރެން ދުވަހަކުވެސް ކާރު ދޮރު މަރާމާތު ނުކުރާނަމެވެ. މި ދޮރަކީ އަހަންނަށް ނަސީބުވެރި ދޮރެއްކަން ސާބިތު ކޮށްދީފިއެވެ.
ނޯޓް: ތަރުޖަމާއެއް ކުޑަ ބަދަލަކާއެކު











