Search Streamline Icon: https://streamlinehq.com

ވޯލްޑް ކަޕް2022: އާޖެންޓީނާގެ ފަހަތުން ފުރާންސް އާއި އިންގްލަންޑް ވެސް ކުއާޓާއަށް

Round of

ވޯލްޑް ކަޕް 2022 ގެ ކުއާޓާއަށް ފުޓްބޯޅައިގެ ގަދަ ބާރުތައް ކަމަށްވާ އާޖެންޑީނާ ، ފުރާންސް، އަދި އިންގްލަންޑް ދަތުރުކޮށްފިއެވެ.

މެސީ އަށް ތާރީޚީ މެޗަކަށްވި ރައުންޑް އޮފް 16 މެޗްގައި އާޖެންޓީނާ އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުން ނެވެ. މި މެޗް މެސީއަށް ތާރީޚީ މެޗަކަށްވީ މިއީ އޭނާގެ ކެރިއަރ ގައި ކުޅުނު 1000 ވަނަ މެޗް ކަމަށްވާތީއެވެ.

މިމެޗްގައި އާޖެންޓީނާ ފުރަތަމަ ލީޑް ނެގީ މެޗްގެ 35 ވަނަ މިނެޓްގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް މެސީ އެވެ. މިހާފްގައި މެސީއަށް އިތުރު ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މުޅި މެޗްގައިވެސް މޮޅަށްކުޅުނު އާޖެންޓީނާ ލީޑް ފުޅާކުރީ މެޗްގެ 57 ވަނަ މިނެޓްގައެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ. މެޗް ނިމުނީ މިނަތީޖާ އާއިއެކުއެވެ.

މުބާރާތުގެ ރޭގެ ފުރަތަމަ މެޗުން މޮޅުވެ ފުރާންސް ކުއާޓާއަށް ދަތުރުކުރީ ފަސޭހަ ކަމާއިއެކުއެވެ. އެއީ 1-3 ގެ ނަތީޖާއަކުން ޕޮލޭންޑް ބަލިކޮށްގެންނެވެ. ފުރަތމަ ހާފް ފަށައިގެން މޮޅު ރީތި ކުޅުމެއް ދަށްކަމުން ދިޔަ ފުރާންސް ޓީމުން މެޗްގެ ލީޑްނެގީ 44 ވަނަ މިނެޓްގައެވެ. އެމްބާޕޭގެ އެސިސްޓަކުން މި ގޯލް ކީމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫ އެވެ. އެޓީމުން ލީޑް ފުޅާކުރީ ދެވަނަ ހާފްގައި މެޗުގެ 74 ވަނަ މިނެޓްގައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މެޗްގައި އެމްބާޕޭގެ ދެވަނަ ގޯލް ފުރާންސްގެ 3 ވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭއެވެ. އެއީ މެޗްގެ 90 ވަނަ މިނެޓްގައެވެ. މި މެޗްގައި ޕޮލޭންޑް އިން ޖެހި ހަމަ އެކަނި ގޯލް ޖެހީ މެޗްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑަސްކީ އެވެ.

ރޭގެ ދެވަނަ މެޗްގައި އިންގްލަންޑް ސެނަގާލް ބަލިކުރީ 0-3 ގެ ނަތީޖާއަކުނެވެ. މެޗް ފަށައިގެން ވަރުގަދަ ކުޅުމެއްދެއްކީ އިންގްލަންޑުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 38 ވަނަ މިނެޓްގައި އެޓީމުން މެޗްގެ ލީޑް ނެގިއެވެ. މިއީ ޖޯޑަން ހެންޑާސަން ބޮލުން ގޯލްގެެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.

އިންގްލަންޑުން ދެވަނަ ގޯލެއްޖަހާ ލީޑް ފުޅާކުރީ މެޗްގެ 45 ވަނަ މިނެޓް ގައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. އަދި ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގެ 4 މެޗް މިހާތަނަށް ކުޅެފައިވާއިރު. ކުއާޓަގައި އާޖެންޓީނާ ކުރިމަތިލާންޖެހޭނީ ނެދަލޭންޑްސް އާއެވެ. އަދި ފުރާންސް ކުރިމަތިލާން ޖެހޭނީ އިންގްލަންޑާއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި