Search Streamline Icon: https://streamlinehq.com

”ނީނާ“ ގެ ޓިކެޓް ވިއްކަން ފަށައިފި

NINA

ދިވެހި ފިލްމު ”ނީނާ“ ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

އައިފިލްމްސް އިން ނެރޭ ދެވަނަ ފީޗަރ ފިލްމު ”ނީނާ“ ޕްރިމިއަރ ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 6 ގަ އެވެ.

އައި ފިލްމްސް އިން ބުނީ މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ގަންނަން ލިބެންހުންނާނެ ކަމަށެވެ. އަދި ހޮޓްލައިން ނަމްބަރު 7242555 އަށް ގުޅައިގެން ނަން ނޯޓްކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އައި ފިލްމްސް އިން ބުނީ 30 ޝޯވ އޮލިމްޕަހުގައި ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.

2019 ވަނަ އަހަރު ރާއްޖޭގެ ސިނަމާތަކަށް އިންގިލާބެއް ގެނުވި، ”ބަވަތި“ ވެސް ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ނުޒުހަތު ޝުއައިބު (ނުޒޫ) ލީޑު ރޯލުން ފެނިގެންދަނީ ތަފާތު ތިން ކެރެކްޓަރއަކާއެކުގައެވެ.

ނުޒޫގެ އިތުރުން ލީޑު ތަރިއަކީ ޝަރަފް އަބްދުﷲ (ޝަރައްޕެ) އާއެކު ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް މަރިޔަމް ރަޝީދާ ވެސް މި ފިލްމުގައި ފެންނާނެއެވެ. އަދި ހަމްދޫން ފާރޫގު ގެ ވެސް ތަފާތު ކެރެކްޓަރ އެއް ފެނިގެންދާއިރު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީ އަދި މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) ވެސް މި ފިލްމުން ފެންނާނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި