Search Streamline Icon: https://streamlinehq.com

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޖަމީލު ހަމަޖައްސައިފި

Yameen

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް އެމަނިކުފާނުގެ އެންމެފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ހަމަޖައްސައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ. ޖަމީލު ރަނިން މޭޓަކަށް ހަމަޖެއްސެވީ މިއަދު ކަމަށެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ޑރ. ޖަލީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެެންމެފުރަތަމަ ނައިބު ރައީސް ވެސް މެއެވެ. އެހެންނަމަވެސް ދައުރުގެ ވަކި ހިސާބަކުން އެމަނިކުފާނު ވަނީ ނައިބު ރައީސްގެ މަގާމުން ދުރުކުރައްވާފައެވެ.

ރައީސް ޔާމީނަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ނައިބު ރައީސްގެ މަގާމުން ޑރ. ޖަމީލު ދުރުކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ވޯޓަކުންނެވެ.

އެއަށްފަހު، ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވިނަމަވެސް ފާއިތުވި ދެ އަހަރެއްގައި ޑރ. ޖަމީލު ގެންދަވަނީ ރައީސް ޔާމީނަށް ތާއީދުކުރައްވަމުންނެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ވެސް ޑރ. ޖަމީލު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި