Search Streamline Icon: https://streamlinehq.com

އުފަން ރަށުން ޑރ. މުއިއްޒު އާއި ކެމްޕެއިންޓީމަށް ހަތްކޮޅުގެ ހޫނު މަރުޙަބާ އެއް

Ppm mnc Muizzu

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނުގެ އުފަން ރަށަށް ވަޑައިގަތުމުން އެރަށން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ. ޑރ. މުޙައްމަދު މުއިއްޒުގެ އުފަން ރަށް ކަމުގައިވާ ހއ. ވަށަފަރަށް އެމަނިކުފާނު ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަކުފާނަށް ދަންނަވާފައިވާ ރަސްރަސްކަލުންނަށް ދަންނަވާފަދަ ހޫނު މަރުޙަބާ އެކެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ޑރ. މުއިއްޒުގެ ބައްޕާފުޅު، ޝެއިޚް ހުސައިން އަބްދުއްރަހްމާން ނިސްބަތްވެވަޑައިގަންނަވާ ހއ. ވަށަފަރަކީ 900އެއްހައި މީހުންގެ އާބާދީއެއް އޮންނަ ހިތްހެޔޮ ބަޔަކު ދިރިއުޅޭ ހިތްފަސޭހަ ރަށެކެވެ.

”އެއްބުރުން ޑރ. މުއިއްޒު ވަށަފަރުން ހޮވާނަން“ ޑރ. މުއިއްޒު އެއްބުރުން ހޮވާނެކަމަށް ވަށަފަރު ރައްޔިތުން އަޑުހަރުކޮށް ގޮވަމުން ދިޔައިރު މުއިއްޒުގެ ކެމްޕެއިން ޓީމު އެރަށަށް ވަޑައިގަތުމުން ހަތްކޮޅުގެ މަރުހަބާއެއްވެސް ވަނީ ކެމްޕެއިން ޓީމަށް ދަންނަވާފަ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވަށަފަރަށް ވަޑައިގަތުމުން ވަރަށް ތަފާތު އިހްސާސްއެއް ކުރެއްވޭ ކަމުގައެވެ. އަދި އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ޑރ. މުއިއްޒު ވަނީ ވަށަފަރު ރައްޔިތުން ދެންނެވި ހޫރު މަރުހަބާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި