Search Streamline Icon: https://streamlinehq.com

ހަމާސްގެ ބާނީ – ޝައިޚް ޔާސީން އެނގޭތަ؟

Palestien
Advertisement

ޝައިޚް ޔާސީން – ހަމާސް ގެ ބާނީ – އަޙްމަދު އިސްމާޢީލް ޔާސީން އުފަންވެވަޑައިގަތީ 1936 ވަނަ އަހަރުގައެވެ. ފަލަސްޠީނުގެ އަލްޖޫރާ އޭ ކިޔުނު އަވަށުގައެވެ.

1948 ގައި އުމުރުފުޅުން އެންމެ 12 އަހަރުގައި ލިބުނު އަނިޔާއަކާ ގުޅިގެން ދެއަތްޕުޅާއި ދެފައިންޕުޅުގެ ވާގި ނެތުނެވެ.

ނަމަވެސް ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހިތުގައިވާ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. މާތް ބިމުގެ ޙައްޤު ގައި ޖިހާދުކުރުމުގެ ރޫޙާއި އެކު އިސްލާމީ ޢިލުމު އުނގެނިވަޑައިގަތީ މިސުރުންނެވެ. އިޚްވާނުލް މުސްލިމީންގެ ބާނީ ޙަސަން އަލް ބައްނާގެ އައިޑިއޮލޮޖިކަލް މަދަރުސާއިންނެވެ. އެނބުރި ފަލަޞްޠީނަށް ވަޑައިގެން، ޢަރަބި އިސްލާމީ ޓީޗަރެއްގެ ގޮތުގައި ،އިޒުރޭލުގެ އުދުވާނާއި ބިންފޭރުމާއި ދެކޮޅަށް ޖިޙާދީ ރޫޙް ޤައުމުގައި ފެތުރުމަށް ގިނަގުނަ ދަރުސްތައް ދެއްވަމުންދިޔައެވެ.

1982ވަނައަހަރު ، މަޖްދް ގެ ނަމުގައި، އިސްރާއީލުގެ އުދުވާންތަކާއި ކުރިމަތިލުމަށް ފަލަސްޠީނުގެ އެކި ހިސާބުތަކުގައި ގުޅިފައިވާ ފިދާއީ ޔުނިޓްތަކެއް އުފެއްދެވިއެވެ. ރޭވުންތެރިކަމާއި އެކު މި ޔުނިޓުތަކުން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިންނަށް ހަމަލާ ދޭންފެށުމުން، 1985 އަހަރު ހައްޔަރުކޮށް، 13 އަހަރަށް ޖަލަށް ލިއެވެ. ނަމަވެސް އަސީރުން ބަދަލުކުރުމުގެ ތެރެއިން 2 އަހަރުފަހުން ދޫކޮށްލެވުނެވެ.

އައު ހިތްވަރާއެކު ނުކުމެ ވަޑައިގެން 1987 ވަނައަހަރު އިސްލާމީ ޖިހާދީ ޙަރަކާތް ހަމާސް ޖަމާއަތް އުފެއްދެވިއެވެ. ”ޓެރެރިޒަމް“ ހިންގުމުގެ ކުށުގައި 1989 ޝައިޚް ޔާސީން 40 އަހަރަށް އިޒްރޭލުގެ އަނިޔާވެރި ޖަލަށް ލެވުނެވެ. ވާގި ނެތިފައިވާ ހަށިކޮޅަށް ދެވުނު އަނިޔާގެ ސަަބަބުން އެއްލޯފުޅު އަނދިރި ވިއެވެ. 1997 ވަނަ އަހަރު އުރުދުންގެ ހުސައިން ރަސްގެފާނު ގެ އެދިލެއްވުމަކަށް އުރުދުންގެ ޖަލުގައި ތިބި އިޒްރޭލުގެ ޖާސޫސުން ތަކެއް ދޫކޮށްލުމުގެ ޝަރުތާއެކު ޝައިޚް މިނިވަން ވިއެވެ. އޭރު ލޯފުޅުގެ ފެނުމުގެ އިތުރުން އަޑު އިވުމުން ވެސް ވަނީ ވަރަށްބޮޑަށް ނުކުޅެދިފައެވެ. ނަމަވެސް މުސްކުޅިފުޅު ޝައިޚް ގެ ޢަޒުމަކަށް ހިތްވަރަށް ބަދަލެއް ނާދެއެވެ.

Advertisement

2003 ވަނަ އަހަރު ސެޕްޓެމްބަރު މަސް ތެރޭގައި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ އަބާއްޖަވެރި ބޮޑުވަޒީރު އޭރިއަލް ޝެރޯން، ޝެއިޚް އަވަހާރަ ކޮށްލުމުގެ އަމުރު އޭނާގެ ސިފައިންނަށް ކޮށްފައިވެއެވެ. ފުރަތަމަ ފައިޓާ ޖެޓްތަކުގައި ގެކޮޅަށް ދެވުނު ހަމަލާއިން، އެވަގުތު ގޭގައި ވަޑައިގެން ނެތުނުން ޝައިޚް ސަލާމަތް ވިއެވެ.

22 މާރޗް 2004 ވަނަ ދުވަހުގެ ފަތިސް ނަމާދު ނިމި ވަޑައިގެން މިސްކިތުން ނިކުތް ވަގުތު މިސައިލް ހަމަލާ ޝައިޚް އަށް އަމާޒުވެ، އިތުރު ނުވަ މީހުނާއެކު ޝަހީދުވިއެވެ.

މާތް ﷲ ޝައިޚް އަޙްމަދް ޔާސީން އަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާ ޝަހީދުންނާއި އެކު މަޙްޝަރު ކުރައްވާށިއެވެ! އޭރިއަލް ޝެރޯން އާއި އޭނާގެ އައުވާނުން ތާއަބަދުމެ ނަރަކާގައި ލައްވާށިއެވެ! އާމީން!

ޝައިޚް އަޙްމަދް ޔާސީން ވިދާޅުވެފައި ބައެއް ބަސްފުޅުތައް:

– ހަމާސް އަށް މިއަދު އޮތް ހަމައެކަނި މަގަކީ ޖިހާދުގެ މަގެވެ. އަދި މިމަގުން އަހުރެމެން ދީލާ ނުލާނޫއެވެ. އިސްރާއީލުން އަމާންދީ ސުލްހައިގެ މަގު ޚިޔާރު ކޮށްފުމަށް ދާންދެނެވެ.

– އަހަރެމެންގެ ކުރިމަތީގައި ވަނީ ބޮޑެތި ގުރުބާނީ ތަކާއި ، ކެތްތެރި ކަމަށް ގޮވާލާ މުސީބާތްތަކާއި އުނދަގޫ ތަކެވެ. ނަމަވެސް ﷲ އިރާދަކުރެއްވިޔާ މުސްތަގުބަލު އޮތީ އަހަރެމެންގެ ފަރާތުގައެވެ.

އެބައިމީހުންނަށް އަހަރެން މަރާލެވިދާނެއެވެ. އެހައި އިރުން އަހުރެން ފަދަ އެއްހާސް މީހުން ނުކުންނާނެއެވެ. އަދި އެއުރެންގެ ފަހަތުން އިތުރު ހާސްތައް އިޤްތިދާ ވާނެއެވެ.

 

1 ކޮމެންޓް

  1. ކޮންފަދަ ހިތްވަރުގަދަބަތަލެއް ތޮއޮއެވެﷲޔާސީނުގެފުރާނަފުޅަތް ސުވަރުގޭގެ އެއްމެމަތީދަރަޖަ ދެއްވާށިއެވެ އާމީން އަޅުގަންޑުގެދުއާ އެކީ ފަލަސްތީނުގެ ބިމުގައި މިފަދަގިނަ ޔާސީންތަކެއްއުފަދުމެއެވެ އަދި އަޅަމެންނާއި އަޅަމެންގެ ދަރީންނައް ވެސްމިފަދަރަހުމަތެއް މިންވަރުކުރެއްވުމެއެވެ އާމީން

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި