Search Streamline Icon: https://streamlinehq.com

ބިލެއްފަހި ކައުންސިލް ހޭންޑްބޯލް މުބާރާތް 2023: ފަހަތުން އަރައި އޯސަން ބަލިކޮށް ޗެލެންޖާސް ފައިނަލަށް

PptD94B.pptm [Autosaved]

”ބިލެއްފަހި ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2023″ ގައި މިއަދު އޯސަން އެސްސީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ދި ޗެލެންޖާސް އިން ހޯދައިިއެވެ.

މިއަދު ކުޅުނު މި މެޗުން ދި ޗެލެންޖާސް ކުރި ހޯދީ އޯސަން އެސްސީން 17 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި 18 ލަނޑު ޖަހައިގެންނެވެ.

އޯސަން އެސްސީން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ތަފާތު ބޮޑު ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ. ނަމަ ވެސް ފަހުހާފަށް ކުޅެން އަރާ ދި ޗެލެންޖާސްއިން ދެއްކި މޮޅު ކުޅުމާއި އެކު އެޓީމުން ވަނީ ފަހަތުން އަރައި ކުރި ހޯދައި ފައިނަލުގެ ފުރަތަ ޖާގަ ކަށަވަރުކޮށްފަ އެވެ.

ޖުމުލަ ތިން ޓީމަކުން ވާދަކުރާ މި މުބާރާތުގައި ދި ޗެލެންޖާސް އިން ވަނީ މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ ވެޗުވެސް ވަރަށް ފަސޭހަކަމާއި އެކު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ފުރަތަމަ މެޗު ޗެލެންޖާސް އިން ކާމިޔާބުކުރީ ކުލަބް އެންސީއާއި ވާދަކޮށް 11-8 ލަނޑުންނެވެ.

މި މެޗުގައި ޗެލްޖާސް އަށް ލަނޑުތައް ޖަހައިދިނީ އައިމިނަތު ރިޝްތާއާއި ސީޒާ އަދި އައިމިނަތު އެވެ. މި މެޗުގައި ރިސްތާ ވަނީ 11 ލަނޑު ޖަހައިފައެވެ. އަދި ސީޒާ 6 ލަނޑު ޖެހިއިރު، އައިމިނަތު އެއްލަނޑު ޖެހިއެވެ. އޯސަން އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ޝިފާނާ، ރިޝްމާ އަދި ނިޔާޒާ އެވެ. ޝިފާނާ 8 ލަނޑު ޖަހައިދިންއިރު، ރިޝްމާ ވަނީ 7 ލަނޑު ޖަހައިދީފައެވެ. އަދި ނިޔާޒާ ދެ ލަނޑު ޖަހައިދީފައިވެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދި ޗެލެންޖާސް ޓީމަށް މޮޅު ކުޅުމެއް ދައްކައި 11 ލަނޑު ޖަހައިދިން ރިޝްތާއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރީނީ ކުލަބް އެންސީ އާއި އޯސަން އެސްސީއެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވެގެންދާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.

މި މުބާރާތަކީ ބިލެއްފަހީގެ ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން އެ ރަށު ކައުންސިލުން ބާއްވާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދޭން ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ ”ފެންވަރު އޮންލައިން“ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި