Search Streamline Icon: https://streamlinehq.com

ބިލެއްފަހި ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2023: ކުލަބް އެންސީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ އޯސަން އިން ހޯދައިފި

Photo 2023 12 17 19 23

”ބިލެއްފަހި ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2023″ ގައި ކުލަބް އެންސީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ އޯސަން އެސްސީ އިން ހޯދައިިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުން އޯސަން އެސްސީ އިން ކުލަބް އެންސީގެ މައްޗަށް ކުރި ހޯދީ 20-15 އިންނެވެ.

އޯސަން އެސްސީ އަދި ކުލަބް އެންސީ ބައްދަލުކުރި މެޗަކީ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗެވެ.

މި މެޗުގައި އޯސަން އެސްސީ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރިޝްމާ، ރިޝްފާ، ނިޔާޒާ އަދި ޝިފާނާއެވެ. އަދި ކުލަބް އެންސީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ނީރާ، ހަނާ އަދި ޝާއިނާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯސަން އެސްސީގެ ޖާޒީ ނަމްބަރ 9 ރިޝްމާއެވެ. އޭނާ ވަނީ މި މެޗުގައި މޮޅުކުޅުމެއް ދައްކާ 8 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މުބާރާތުގެ ފައިނަލް ގެ ފަހު ޖާގަ އޯސަން އިން ހޯދިއިރު، މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާހަ ހޯދީން ދި ޗެލެންޖާސް އެވެ. އެޓީމުން ފައިނަލުގެ ޖާގަ ހޯދީ އޯސަން އެސްސީ އާއި ދެކޮޅަށް ކުޅުނު މެޗު 18-17 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގައި ދެން ކުޅޭނީ ފައިނަލް މެޗެވެ. ފައިނަލުގައި ބައްދަލުކުރާނީ ދި ޗެލެންޖާސް އާއި އޯސަން އެސްސީއެވެ. ފައިނަލް މެޗުގައި ބައްދަލުކުރީނީ ކުލަބް އެންސީ އާއި އޯސަން އެސްސީއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.

މި މުބާރާތަކީ ބިލެއްފަހީގެ ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން އެ ރަށު ކައުންސިލުން ބާއްވާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދޭން ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ ”ފެންވަރު އޮންލައިން“ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި