Search Streamline Icon: https://streamlinehq.com

ގިނަ އަދަދެއްގެ ކުއްވެރިން ދޫކޮށްލި މައްސަލަ ބަލައި ތަޙްޤީޤު ކުރަންޖެހޭ: ރައީސް ޔާމީން

Raees Yaameen

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އުސޫލުތަކުގެ ބޭރުން ގިނަ ޢަދަދެއްގެ ކުށްވެރިން މުޖުތަމައުއަށް ދޫކުރި މައްސަލަ ބަލައި ތަޙްޤީޤުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބޯމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައީސް ޔާމީންގެ ތާއީދާއިއެކު ނުކުމެވަޑައިގަންނަވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި މިފަދަ ވާހަކަތައް ދެއްކުމަކީ މުހިންމު ކަމެއްކަމަށައި، މިފަދަ ވާހަކަތައްސަރުކާރުގެ ކަންފަތްތަކާއި ހަމައަށް ގެންދިއުމަކީ ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާއެއް ކަމުގަ އެވެ.

”314 މީހުން ދޫކޮށްލި މައްސަލައިގައި ހޯމް މިނިސްޓަރު އެބަ ވިދާޅުވޭ ހިތާމަކުރަމޭ ކަންބޮޑުވެއޭ. އެކަމަކު އަޅުގަނޑުގެ ވިސްނުމުގައި އެއީ ހަމައެކަނި ހިތާމަ ފާޅުކޮށްގެން އަދި ފުއްދާލެވޭ ވަރަށް ވުރެ ކައްސާސް މައްސަލައެއް. ބަލާ ފިޔަވަޅު އަޅަން ޖެހޭ ކަމެއް އެއީ.“ ރައީސް ޔާމީން ވިދާޅުވި އެވެ.

ބޮޑެތި ކުއްވެރިން ދޯކޮށްލުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ވަކި ޤާނޫނަކުން ލިބިފައި ނެތްއިރު ނިމިދިޔަ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 314 ކުށްވެރިން ދޫކޮށްލި މައްސަލައަކީ ހިތާމަ ފާޅުކޮށް ކަންބޮޑުވުން ފާޅުކޮށްލައިގެން ފުއްދާލެވެން ނެތް ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މިކަމުގެ ސަބަބެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުން ދޫކޮށްލި ކޮންމެ ކުއްވެރިއަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި