Search Streamline Icon: https://streamlinehq.com

އަންވާރު ފުޓްސަލް ކަޕް2024: ބްރަދާސް އެފްސީ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި

Brothers Fc

އަލިފު ދާލުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމުގައިވާ އަންވާރު ފުޓްސަލް ކަޕް 1445ގެ މެޗުތައް ވަރަށް ފޯރީގައި ކުޅެންފަށައިފި އެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބްރަދާސް އެފްސީ އާއި ގަބުޅި އެފްސީ ބައްދަލްކުރި މެޗު 2-4 ން ކާމިޔާބުކުރީ ބްރަދާސް އެފްސީ އެވެ.

އަންވަރު ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ގަބުޅި އެފްސީއާއި ވާދަކޮށް 2-4 ން ބްރަދާސް އެފްސީން ކާމިޔާބުކުރި މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ މަޝްހޫރު ފުޓުސަލް ތަރި ހުނަރުވެރި އަޙްމަދު ޙަލީމް އަންމަޓޭ އެވެ. މިމެޗުގައި ޖަންބެ އާއި ތޮއްޕެގެ އިތުރުން ނާއްޓޯއާއި އައްމަޓޭވެސް ވަނީ ލަނޑު ޖަހައިދީފަ އެވެ.

ބްރްދާސް އެފްސީގެ ދެވަނަ މެޗު އޮންނާނީ މިރޭ 20:00 ގައި އދ. ދަނގެނތީ އަންވަރު ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ހުރިހައި މެޗެއް އަންވަރު ފުޓްސަލް ކަޕް އެފްބީ ޕޭޖުން ލައިވް ކުރަމުން ގެންދާ މި މުބާތރާތުގެ މެއިން ސްޕޮންސަރަކީ ބާސެލޯ ވޭލް ލަގޫން މޯލްޑީވްސް އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ނީޝާ އެކްސް ޕްރެސް އާއި އޮއެސިސް ވިލެޖް ފެންފުށީގެ އިތުރުން ފެންވަރު މީޑީއާ ގުރޫޕް ހިމެނޭ މި މުބާރާތުގެ ޖާރޒީ ސްޕޮންސަރ ކޮށްފައިވަނީ ޖޮޒްޓީ އެވެ.

މިމުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ޚަބަރުތައް މީޑިއާ ޕާޓްނަރ ”ފެންވަރު އޮންލައިން“ އިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި