Search Streamline Icon: https://streamlinehq.com

އިންޑިއާއިން 300 ޓަނުގެ މުދާ ހިފައިގެން އައްޑޫ ސިޓީއަށް

Hithadhoo Port photo MPL

އިންޑިއާއިން 300 މެޓްރިކްޓަނުގެ މުދާ ބަރުކޮށްގެން ”އެމްވީ ނިއުމަތު“ އަންނަ ބުދަ ދުވަހު ސީދާ އައްޑޫސިޓީ ހިތަދޫ ރީޖަނަލް ޕޯޓަށް ކައިރި ކުރާނެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ހާމަކުރައްވައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ ސިޓީ އަށް 300 ޓަނުގެ މުދާ ގެންނަން ”އެމްވީ ނިއުމަތު“ ދަތުރު ފަށާފައިވާ ކަމަށެވެ. ހިތަދޫ ރީޖެނަލް ޕޯޓަށް މި ބޯޓު ދަތުރު ފަށާފައިވާއިރު ޝެޑިއުލްގައިވާ ގޮތުން މި ބޯޓު ހިތަދޫ ޕޯޓަަށް ބަނދަރު ކުރާނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިޔާގެ ޓުޓިކޮރިންއިން ގާތްގަނޑަކަށް 300 މެޓްރިކް ޓަނުގެ މުދާ ހިފައިގެން ”އެމްވީ ނިޢުމަތު“ ނަމަކަށް ކިޔާ އުޅަނދެއް ހިތަދޫ ރީޖަނަލް ޕޯޓަށް ދަތުރުކުރަމުންދާ ކަމުގަ އެވެ. އަދި ޝެޑިއުލްގައި ވާގޮތުން މި ބޯޓު ހިތަދޫ ބަނދަރާއި ގާތްކުރާނެކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހު ކަމުގައިވެސް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މި ބޯޓުގައި ތަރުކާރީއާއި މޭވާގެ އިތުރުން އެހެނިހެން ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނޭ ކަމަށް ވަޖީހު ވިދާޅުވެއެވެ.

ސީއީއޯ ވިދާޅުވީ މިއީ އިންޑިޔާއިން އައްޑޫ ސިޓީއަށް ޤަވާއިދުން ކާގޯ ގެންދިއުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ކާމިޔާބީ ކަމަށާއި، މިއީ ފެށުނީއްސުރެ މެދުނުކެނޑި ކުރިއަށްދާ އޮޕަރޭޝަނަށް އިތުރުވެގެންދިޔަ ވަރަށް މުހިންމު ބޮޅެއްކަމުގައިވެސް އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި