އަނެކާއަށް އަނިޔާވެރިނުވާށެވެ! އަނިޔާލިބިފައިވާ މީހާގެ ދުޢާ މާތްﷲ އިޖާބަނުކުރައްވާ ދޫކޮށްނުލައްވާ-ދެވަނަބައި
މި ތުއްތު ކުއްޖާ މިހާރު އުޅެންޖެހިފައިވަނީ ޖެހިފައިވަނީ ނުދަންނަ ބީރައްޓެހި ބައެއްގެތެރޭގައި ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައި، މަސައްކަތު މީހެއްގެ ގޮތުގައި ހުންނާށެވެ. މި އަންހެންކުއްޖާގެ ބޭބެއެއް ހުރެއެވެ. އޭރު އޭނާ ދިޔައީ އުރުދުންގައި ވަޒީފާއަދާކުރަމުންނެވެ. އޭނާގެ ބޭބެއަކީ އޭނާގެ ހަމައެކަނި އުންމީދެވެ. އޭނާގެ ބޭބެ އޭނާގާތު ބުނަމުންދިޔައެވެ. ﷲ އިރާދަކުރެއްވިއްޔާ ތިމަންނާ އެނބުރި ގެއަށް އައުމަށްފަހު ކޮއްކޮ ގޭގޭގައި މަސައްކަތްކުރަންދާކަށް ނުޖެހޭނެއެވެ. އަދި ރީތި ގެއެއްގައި އުފާވެރިކަމާއެކު ދިރިއުޅެވޭނެއެވެ. އަހަރެން ކޮއްކޮއަށް އެވެނި މިވެނި އެއްޗެހި ގަންދޭނަމެވެ. ބޭބެގެ އުންމީދުން ފުރިގެންވާ މިބަސްތައްނޫނީ އެ ކުއްޖާއަށް މިދުނިޔޭގައި އުންމީދުގެ އަލިކަމެއް ނުފެނެއެވެ.
ކޮންމެއަކަސް އެކުއްޖާ އެމީހުންގެ ގޭގައި މަސައްކަތުމީހެއްގެގޮތުގައި އުޅެންފަށައިފިއެވެ. އެމީހުންގެ ފަރާތުން އެކިއެކި އަނިޔާތައް ކުރިމަތިވަމުންދިޔައެވެ. އޭނާގެ އަންހެނުން ކިޔައިދިން ގޮތުގައި، އެމީހުން އެ ކުއްޖާއަށް 220 ވޯލްޓޭޖްގެ ކަރަންޓް ޝޮކްދީވެސް ހަދައެވެ. އަދި ފުރާޅުގައި އެލުވާ ބަނދެ ހަދަމެވެ. އަހަރެމެން އެކުއްޖާއަށް ކާންދީ ހަދަނީ ގިނަދުވަސްވެފައިވާ ޕާނާއި ކުނިވެފައިވާ ކާތަކެއްޗެވެ.
ފިނިމޫސުމުގެ ގަދަ ފިނީގައި ބަދިގޭގެ މުށި ތަޅުންމަތީ އޭނާ ނިދުމަށް މަޖުބޫރުކުރުވަމެވެ. އަހަރެމެން އޭނާއަށް ދެއްކި އަޒާބުތަކާއި ކުރި އަނިޔާތަކަށް ކެތްނުކުރެވިގެން ހަފަހަރުމަތިން އޭނާ އަހަރެމެންގެ ގެއިން ނުކުމެގެން ފިލަން އުޅުނެވެ. ނަމަވެސް އަހަރެންގެ ފިރިމީހާ ބާރުގެ ބޭނުންކޮށް އޭނާ އަނބުރާ ގެއަށް ގެނެއެވެ. އަދި މިފަދައިން ގެންނަ ކޮންމެ ފަހަރަކު އިންސާނަކަށް ތަޞައްވުރުކުރެވޭނޭ އެންމެމަތީ ދަރަޖައަކަށް އެނާއަށް އަނިޔާކޮށްހަދަމެވެ.
މިދުވަސްތަކުގައި އެކުއްޖާ އޭނާގެ އަވަށަށް ގޮސްފައިވަނީ އެންމެ ދެ ފަހަރުއެވެ. އޭގެތެރެއިން ކޮންމެ ފަހަރަކީވެސް އެކުއްޖާއަށް ލިބެމުންދިޔަ ހިތާމަތަކުގެ ޒަހަމްތަކަށް އިތުރުވެގެންދިޔަ ފާރުގަނޑެކެވެ. އެހެންނުވާނީ ކީއްވެތޯއެވެ؟ އޭނާ އޭނާގެ އަވަށަށް ދިޔަ ފުރަތަމަފަހަރަކީ އޭނާގެ ކުރިމަތިން ފެންނަންއޮތް ހަމައެކަނި އުންމީދު ކަމުގައިވާ އޭނާގެ ބޭބެ އުރުދުންއިން އެނބުރި އައުމުގެ މަގުމަތީގައި މިދުނިޔެދޫކޮށް ދިއުމާއި ގުޅިގެން އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް އެ އަވަށަށް ދިޔަ ދިޔުމެވެ. އޭގެ ސަބަބުން އެ ކުޑަކުއްޖާގެ ހިތް ފަޅައިގެން ދިޔަފަދައެވެ.
އޭނާމުޅިން މާޔޫސްވެ ނާއުންމީދުވިއެވެ. އަދި ދެވަނަފަހަރު އޭނާ އޭނާގެ އަވަށަށް ދިޔައީ އޭނާގެ ލޯބިވާ މަންމަގެ ޖަނާޒާގައި ބައިވެރިވުމަށެވެ. އޭނާއަށް އޭނާގެ އަވަށް ދެވުނު ދެފަހަރަކީވެސް އޭނާގެ ލޯބިވާ މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ދެވުނު ދެފަހަރެވެ. އެއަށްފަހު އޭނާގެ އުފަން އަވަށައް އޭނޭ އެނބުރި ނުދެއެވެ.
އެނާ އޭނާގެ ހިތްހަރު ސާހިބުންނާއެކު އުޅެމުންދިޔައެވެ. އޭމީހުންގެ ހަރުކަށި އަނިޔާތަށް ހުއްޓުމެއްނެތި ކުރިމަތިވަމުންދިޔައެވެ. މި އަނިޔާތަކުގެ ސަބަބުން އެކުއްޖާގެ ލޮލުގެ ފެނުން މަޑުމަޑުން ގެއްލެންފެށިއެވެ.
އޭނާގެ ލޮލަށް ރަނގަޅަށް ނުފެނުމުގެ ސަބަބުން ބާޒާރައްގޮސް ގަނެގެން ގެންނަ ތަކެތި ނުބައިވެ ހަލާކުވެފައިހުންނަން ފެށިއެވެ. އޭގެ ނަތީޖާއެއްގެގޮތުން އަނެއްކާވެސް އިތުރު އަނިޔާތަކާއި ކުރިމަތިވަމުންދިޔައެވެ. ބާޒާރުގައި އޭނާ އުޅޭއިރު އޭނާގެ ހާލާއިމެދު ހަމްދަރުދީވާމީހުން އޭނާއަށް ބާޒާރުކޮށްދިނުމުގައި އެހީތެރިވަމުން ދިޔައެވެ. ނަމަވެސް އޭނާގެ ސާހިބުންގެ ފަރާތުން ލިބެމުންދިޔަ އަނިޔާ ކުޑަކޮށްވެސް މަދެއްނުވެއެވެ. ނަތީޖާއެއްގެގޮތުން އެކުއްޖާ ލޮލުގެ ފެނުމުން މުޅިން މަޙްރޫމްވެގެން ދިޔައެވެ. އެކުއްޖާގެ ލޮލުގެ ފެނުން ގެއްލިގެން ދިޔުމާއިއެކު އެގެން އެކުއްޖާނެރެ މަގުމައްޗަށް އެއްލާލިއެވެ. މިހާރު އެމީހުންނަށް އެކުއްޖާގެ އެއްވެސް ބޭނުމެއްނެތެވެ.
އެކުއްޖާ މަގުމަތީގައި އެއްގެއިން އަނެއްގެޔަށް ސަލާންޖަހަމުން ހިނގަމުންދިޔައެވެ. އެންމެފަހުން ބަޔަކު އޭނާ ލޮލުގެ ފެނުން ގެއްލިފައިވާ މީހުން ބަލަހައްޓާފައިވާ ތަނަކަށް ގެންދިޔައެވެ. މި ހުރިހާ ކަމެއް ހިނގަމުންދިޔައިރު ކަންކަން ތަދުބީރުކުރައްވާ ޚާލިޤުވަންތަ އިލާޙް މިހުރިހާކަމެއް ބައްލަވާވޮޑިގެންވެއެވެ.
އެކަލާނގެ އިލާހީ ޤާނޫނުގެ ދަށުން އިންސާނުންނަށް ތަދުބީރުނުކުރެވޭ އެތައްއެތައްކަމެއް އަކަލާނގެ ޤުދުރަތްތެރިކަމުގެ ދަށުގައި ހިނގަމުންދެއެވެ. އެ ނުލަފާމީހުން އެކުއްޖާއަށް އަނިޔާ ކުރާތާ 10 އަހަރު ފާއިތުވެގެންދިޔުމަށްފަހު އެކުއްޖާގެ އުމުރުން 22 އަހަރުގައި މިވަނީ ލޯފަންމީހުން ބަލަހައްޓާ މަރުކަޒަކަށް ގެންދެވިފައެވެ.
ނުނިމޭ- މި ލިއުން ކަމުދިޔަ ނަމަ fenvaru.mv ގެ އެފްބީ ޕޭޖަށް ލައިކް ކޮއްލަދެއްވާ












