Search Streamline Icon: https://streamlinehq.com

ކޮންމެ ކަމަކީ ލަޓިބުރިން ހައްލުކުރެވޭނެ ކަންކަމެއްނޫން

Male Roads

ކޮންމެ ކަމަކީ ލަޓިބުރިން ހައްލުކުރެވޭނެ ކަންކަމެއްނޫނެވެ. މިފަދަ ކަންކަމަކީ ލަޑިބުރިން ހައްލުކުރަން ޖެހޭ ކަންކަމަށް ހެދުމަކީ ހިތާމަހުރިކަމެކެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިފަދަ ކަންކަން ލަޓިބުރިން ހައްލުކުރުމުގެ ބަދަލުގައި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ ރަނގަޅު އިރުޝާދު ތަކަށް ބޯލަނބައި ކިޔަމަން ގަނެގެން މެނުވީ މިކަމުން އަރައިގަތުމަށް ކުރަންޖެހޭ ދަތުރުގެ ރާސްތާ ދިގުވެ، ދުރުވާނެ ކަމާއިމެދު ޝައްކެއްނެތެވެ.

ކޮވިޑް-19އަށް ވެކްސިން ތައްޔަރުކުރެވިފައި ވީނަމަވެސް ބަލިން ރަނގަޅުވާނެ ކަމުގެ ނުވަތަ ބަލި ނުޖެހޭނެކަމުގެ ސައްތައިން ސައްތަ ފަރުވާއެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެބައްޔެއްގެ ސަބަބުން މުޅި ދުނިޔެ ކުޑަކަކޫމައްޗަށް ތިރިވާން ޖެހުނު ބައްޔެެއްގެ ގޮތުގައިވެސް ކޮވިޑް-19 ބަލި މިވަނީ ފާހަގަކުރެވިފައެވެ.

މި ބަލީގެ ސަބަބުން ދުނިޔޭގެ ކުރިއަރައިގެން ގޮސްފައިވާ ޤައުމުތައް ބިކަވެ، ނިކަމެތި ވެފައި ވާއިރު އަޅުގަނޑުމެންފަދަ އުފެއްދުންތެރިކަމެއްނެތް ނިކަމެތި ކުދި ޤައުމުތަކުގެ ޙާލަކީ ކޮބައިތޯ އެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 72944އަށް އަރާފައެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ޙާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމުގައި ދެންނެވިދާނެއެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިވަނީ 68429 އަށް އިތުރު ވެފައެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ކެނޑިނޭޅި އެގެންދަވަނީ މިކަމުން ރައްކައުތެރިވުމަށް އަޅާނެ ފިޔަވަޅުތައް ކިޔައިދެއްވަމުންނެވެ. ކަންކުރަންވީގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭނެގޮތެވެ. ބަލިފެތުރޭ މިންވަރާއި ބަލިން ރައްކައުތެރިވާނެގޮތެވެ. ގައިދުރުކަން ބަހައްޓަންވީ މިންވަރާއި، ބޭރުތެރޭގައި އަމަލުކުރަންވީގޮތާއި ބެހޭގޮތުންވެސް އެގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ.

ފުލުހުންނާއި ސިފައިންވެސް އެގެންދަވަނީ މި ނުރައްކައުތެރި ބަލިން ސަލާމަތްވެ ރާއްޖެ އަމާން މަންޒިލަކަށް ހެދޭތޯ އަތްވާއި ވާރޭގައި ރެޔާއި ދުވާލު ބުރަމައްކަތް ކުރައްވަމުންނެވެ.

ނަމަވެސް ހިތާމައަކީ މިކަންކަމާއިމެދު ވިސްނައި ފިކުރުކުރާ މީހުން މަދުކަމެވެ. އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންގަންނަ މީހުން މަދުކަމެވެ. ކަރަންޓީނުގައި ތިބޭ ބައެއް ފަރާތްތަކުން ގެއިންބޭރުގައި އުޅެނީ މަދެއްކޮށްނޫނެވެ. ޚާއްޞަކޮށް އަތޮޅުތަކުގައި މިކަން ވަރަށް ގިނަކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ އިސް މަޤާމުތަކާއި ހެލްތު ދާއިރާގައި މައްސައްކަތްކުރައްވާ ބައެއް ފަރާތްތަކުން މާލެއިން ރަށްރަށް ދިއުމަށްފަހު ކަރަންޓީނު ނުވެ އެމީހާގެ އަމިއްލަ ގޭގައި އާއިލާއާއި އެކު ދިރިއުޅެމުން ގެނދަވައެވެ. މިފަދަ ޙާލަތެއްގައި އެފަދަ ބޭފުޅަަކު މި ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ މުޅި އާއިލާވެސް މިބައްޔަށް ޕޮސިޓިވް ވެދާނެ ކަމާއިމެދު ވިސްނައި ނުލުމަކީ ހިތާމަހުރިކަމެކެވެ.

އެޗްޕީއޭއިން ހާމަކުރެއްވިގޮތުގައި މިދިޔަ މަހު ކޮވިޑް-19 ކޭސްތަކުގެ އަދަދު 24000ހާހުގަ ހުރި ނަމަވެސް އެ އަދަދު މިވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. އެގޮތުން ބަލާއިރު ކޮވިޑަށް ޕޮޒިޓިވްވެފައި މިވަގުތު ތިބި މީހުންގެ ޖުމްލަ އަދަދު މިވަނީ 4295 އަށް ދައްކުރެވިފައެވެ. އަދި ޕޮޒިޓިވް މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 31 މީހުންނަށް ކަމަށްވެސް އެޗްޕީއޭގެ ރިޕޯޓްތަކުން ހާމަވެއެވެ.

މި ދުވަސްކޮޅު ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރެމުންދާކަމީ ހިތާމަހުރި ކަމެކެވެ. މޮނިޓަރިންގ ހާލަތުގައި ރާއްޖޭގެ އެތައް ރަށެއް އޮތް އިރު މިބައްޔަށް ޕޮޒިޓިވްވާ އަދުވެސް ބައެއް ރަށްރަށުގައި ދަނީ އިތުރުވަމުންނެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ކޮވިޑަށް އެކްޓިވް 128ކޭސް ފެނިފައިވާއިރު މަރަދޫން ހަތަރު ކޭސް ފެނިފައިވާކަމަށް ހިތަދޫ ރީޖަނަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ. އައްޑޫސިޓީގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްގެ ޖުމްލަ 132 އެވެ. އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 317 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. އައްޑޫސިޓީގެ ކޮވިޑް ފެސިލިޓީގައި މިވަގުތު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަން ފާހަގަކުރެވެއެވެ. އަދި މި ބަލީގައި އައްޑޫ ސިޓީން ދެ މީހަކުވަނީ ނިޔާވެފައެވެ.

ގދ. ތިނަދޫން މިބައްޔަށް މީހަކު ޕޮޒިޓިވް ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް 579 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 315 މީހެކެވެ. ތިނަދޫ ކޮވިޑް ފެސިލިޓީގައި މިހާރުވެސް 6 މީހަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި ތިނަދޫން ވަނީ އެކަކު ނިޔާވެފަ އެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ގިނަބަޔަކުވަނީ ވެކްސިން ފުރިހަމަށްކޮށްފައެވެ. ކޮވިށް-19 އިން ސަލާމަތްވެ ރައްކައުތެރިކަން ހޯދުމަށް ދެމުންގެންދާ ވެކްސިން 186،000 އަށްވުރެ ގިނަ މީހުންވަނީ ރާއްޖެއިން ފުރިކަމަކޮށްފައެވެ. އަދި މި ވެކްސިންގެ ދެޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު 186،571 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

މި ބަލީގަ މިހާތަނަށް ރާއްޖެއިން 208 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 190 ދިވެހިންނާއި 18 ބިދޭސީންނެވެ.

މިބަލިން ސަލާމްތް ވުމަށްޓަކައި އެންމެން އަތުގުޅާލައި އަތުކުރި އޮޅާލައިގެން ފަރުދީ ޒިންމާ އަދާކުރަމާ ހިނގަވާށެވެ. އަމާން މަންޒިލަކަށް ވާސިލް ވެވިދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި