Search Streamline Icon: https://streamlinehq.com

ދިވެހި ފިލްމު ”ނޮވެމްބަރ“ގެ ޓްރެއިލާ ދައްކާލައިފި

Screenshot 20210513 155143 Facebook 750x317

ޑާރކްރެއިން އެންޓަޓެއިންމެންޓުގެ ”ނޮވެމްބަރ“ ގެ ޓީޒަރ ޓްރެއިލަރ މިހާރު ޔޫޓިއުބް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ދިވެހި ފިލްމް ”ނޮވެމްބަރ“ ގެ ޓީޒަރ ޓްރެއިލާގައި ފެނިގެންދާނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރ މޫސާ ވަސީމްގެ މެސެޖެކެވެ.

މޫސާ ވަސީމް އޮފްސްކްރީންގައި ބެލުންތެރިންނަށް އަމާޒުކޮށްލީ ސޯލްމޭޓާ ބެހޭ ގޮތުން ސުވާލެކެވެ. އޭގެ ފަހުގައި ފިލްމުުގެ ޓްރެއިލާއިން ފެނިގެންދާނީ މިފިލްމުގެ ލީޑް ދެތަރިން ކަމުގައިވާ މަރްޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލް (ޖުމަލް) ސިންގަޕޫރުގެ ހިތްޤައިމު ލޮކޭޝަނެއްގައި ތިބެ ޖުމަލް މަޖޫއަށް ލޯބި ހުށަހަޅާ މަންޒަރެވެ.

މިފިލްމުގެ ޓްރެއިލާގައި ސިންގަޕޫރުގެ ގިނަ ލޮކޭޝަންތައް ފެނިގެންދާނެއެވެ.

މިފިލްމުގެ ޓްރެއިލާގައި ފެނިގެންދާނީ ލޯބީގައި ކުރިމަތިވާ ހިތްދަތިކަމާއި ހިތާމައިގައި މަޖޫ އާއި ޖުމަލް ކުރިމަތިލާ ބައެއް މަންޒަރުތަކެވެ. އެކަނިވެފަ މާޔޫސްވެފައި މަޖޫ ހުންނަތަނެވެ.

މީގެ އިތުރުން ލ.މާންދޫ ހޮރައިޒަން ފިޝަރީޒްގެ މަސް ބަންދުުކުރާ ކާރުޚާނާ ތެރޭގައި ނަގާފައިވާ މަންޒަރުތައްވެސް ފެނިގެންދެއެވެ.

މިފިލްމަކީ އާއިޝަތު ފުއާދު އާއި އަހުމަދު ތަލާލްގެ ސްކްރީން ޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި