Search Streamline Icon: https://streamlinehq.com

އަހަރެން އިސްލާމްދީނާ ކައިރިއަށް ގެނެސްދިނީ ހިޖާބު-02

Hijaab

އަހަރެން އިސްލާމްދީނާ ކައިރިއަށް ގެނެސްދިނީ ހިޖާބު- ދެވަނަބައި

އެއިރު މުސްލިމުންނާބެހޭ އެއްވެސް މަޢުލޫމާތެއް އަހަރެންނަށް ލިބިފައި ނުވިނަމަވެސް ހިޖާބާއިބެހޭ ގިނަ މަޢުލޫމާތުތަކެއް އަހަރެން ހޯދީމެވެ.
އަހަރެން މަޑުމަޑުން އިސްލާމްދީނާއިބެހޭ ވާހަކަތަށް ހޯދަންފެށީމެވެ. އަހަރެންނަށް އިސްލާމްދީން އުނގަންނައިދޭ ކަންތައްތަކުގައި ބުއްދިޤަބޫލުކުރާ ކަންތައްތަކެއް ވާކަން ފާހަގަކުރެވުނެވެ. އަދި މަޑުމަޑުން އެކަންތައްތައް ޤަބޫލުކުރެވި، އެކަމާ އަހަރެން ބިރުގަންނަންފެށިއެވެ.

އެބިރުވެރިކަން ބޮޑުވެގެން ދިޔައީ އަހަރެން ކުރިން ޤަބޫލުކުރަމަށް ދަސްކޮށްދީފައިވާ ގޮތްތަކާއި ޚިލާފައް އިސްލާމްދީނުގައިވާ ކަންތައްތައް އަހަރެންނަށް ޤަބޫލުކުރެވެންފެށުމުންނެވެ. އެހެންނަމަވެސް އަހަރެންގެ ހިތުން އަހަރެންގެ ނަފުސަށް ބުނަމުން ގެންދިޔައީ އަހަރެންގެ ކަލާނގެ އަހަރެން އިމްތިޙާން ކުރައްވަނީ ކަމުގައެވެ އަދި އިސްލާމްދީނަކީ ހަޤީޤަތެއް ނޫންކަމުގައެވެ. އެހެނީ އޭރު އަހަރެން އިސްލާމްދީން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.

އަހަރެން ބޭނުންވީ އަހަރެން އެދީނަކާމެދު އަހަރެންގެ ހިތުގައި އެއްވެސް އީމާންތެރިކަމެއްނެތްނަމަވެސް ވަފާތެރިކަމާއެކު ކްރިސްޓިއަނެއްގެގޮތުގައި ހުރުމަށެވެ. ދަސްވެނިވުމަށްފަހު އައި ބަހާރުމޫސުމުގައި އަހަރެން ނަސާރާދީނުގެ އެއްވެސް ކަމެއް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ނަސާރާދީނުގެ ބައިބްލް ކޭމްޕެއްގައިވެސް އަހަރެން ބައިވެރިވީމެވެ. އެތަނުގައި އުޅުނުކުދިން އަހަރެންގާތު ކަލާންގެއާއި އަދި އީސާގެފާނާއި ބޮޑަށް ގާތްވެ ކުއްތަންވެވޭނީ ކިހިނެތްތޯ ސުވާލުކޮށްހަދައެވެ. އެކަމަކު އަހަރެންނަކަށް އެސުވާލަކަށް ޖަވާބެއް ނުދެވެއެވެ. މި ސުވާލާއިމެދުގައި އަހަރެންގެ ހިތުގައި އަރާރުންވާން ފެށިއެވެ. ”ކަލާނގެއާއި އީސާގެފާނު“ މިއީ އެއްފަރާތެއް ބާވައެވެ؟ ނުވަތަ ނޫންބާވައެވެ؟

އަހަރެން ކޮލެޖަށް ދާން ފެށުމާއި ހަމައަށް އަހަރެން ދީނާމެދު ނުވިސްނަމެވެ. ކަލަކުވޮޑިގެންވާކަން ޤަބޫލުކުރަމެވެ. އެހާހިސާބުން ދީނީ ވިސްނުން ނިންމާލަނީއެވެ. ދެން އަހަރެންނަށް ވިސްނަންފެށުނީ ހަޤީޤީ ކަލަކީ ކޮބާބާވައެވެ؟ މިސުވާލާމެދުގައެވެ. މިސުވާލަށް ޖަވާބުހޯދުމަށް ވިސްނާވިސްނާ ބައެއްފަހަރު އަހަރެންނަށް ރޮވެއެވެ. ސިކުނޑި ސުމަކަށް ދެއެވެ. ކޮލެޖްގެ ފުރަތަމަ ހަފުތާތަކުގައި އަހަރެން އިސްލާމްދީނާއި ބެހޭ އިތުރު މަޢުލޫމާތުތައް ހޯދަން ފެށީމެވެ. އެއީ އަހަރެންގެ އަމިއްލަ އިޚްތިޔާރުން ބޭރުގައި ކުރެވެންފެށިކަމެކެވެ.

އަހަރެން އެދީނާއިމެދު ވިސްނަން ބޭނުންނުވި ނަމަވެސް އަހަރެންނަށް އިސްލާމްދީނާއިމެދު ވިސްނެންފެށިއެވެ. މިގޮތުން އިންޓަނެޓުން އަހަރެންނާއި ދިމާވި މުސްލިމް ފިރިހެންކުއްޖަކާއި އަހަރެން ޗެޓްކުރަންފެށީމެވެ. އަހަރެން އޭނާއަށް އަހަރެންގެ ވާހަކަތަށް ކިޔައިދިނީމެވެ. އަދި އޭނާ އަހަރެންނަށް ޝަހާދަތްކިއުމަށް އެހީތެރިވެދިނެވެ.

އަހަރެން އެކަންކުރީ ވަކި އެއްޗެއް ހިތުގައި އޮވެގެނެއް ނޫނެވެ. އަދި އަހަރެން އެކިއުމަކުން އެއްވެސް އިތުރުކަމެއް އިޙްސާސެއްވެސް ނުކުރެވެއެވެ. މިއީ އަހަރެން ޝަހާދަތްކީ ފުރަތަމަ ފަހަރެވެ. ދެވަނަ ފަހަރު އަހަރެން ޝަހާދަތް ކީ އަމިއްލައަށެވެ. މިފަހަރު އަހަރެންނަށް އިތުރު އިޙްސާޞްތަކެއް ކުރެވުނެވެ.
ކްލާސްތައްފެށި ސްކޫލަށް ދާންފެށުމުން ބުރުގާއަޅާ ނިވާވެގެންހުރި މުސްލިމް އަންހެން ކުއްޖަކު ކެމްޕަސްތެރެއިން ފެންނަންފެށިއެވެ.

އެކަމާ އަހަރެން ވަރަށް ހައިރާންވިއެވެ. އެހެނީ އަހަރެން ކިޔަވަންދާ ޔުނިވަރސިޓީއަކީ އަމިއްލަ ކްރިސްޓިއަން ޔުނިވަރސިޓީއެކެވެ. މިގޮތުގައި ދުވަސްކޮޅެއް ވުމަށްފަހު އަހަރެން އެއްދުވަހު އެ އަންހެންކުއްޖާއާއި ބައްދަލުކޮށް އަހަރެން އިސްލާމްދީން ޤަބޫލުކުރިކަމުގެ ޚަބަރުދިނީމެވެ. އަދި ދެންކުރިއަށްދާނީ ކިހިނެތްތޯ އެކުއްޖާގާތު އަހަރެން ސުވާލުކުރީމެވެ.

ދެމީހުންގެ މެދުގައި ގިނަ ވާހަކަތަކެއް ދެކެވުމަށްފަހު ދެމީހުން ދެމީހުންގެ ފޯންނަމްބަރު ދިނީމެވެ. އަދި އޭނާ އަހަރެންނަށް މުޅިންއާ މުސްހަފެއް ދިނެވެ. މިހުރިހާކަމެއް ހިނގަމުންދިޔައީ ކޮންދުވަސްވަރެއްގައިކަމެއް އަހަރެންނަކަށް ކުރިއަކުން ނޭންގެއެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އެއީ ރަމަޟާންމަހެވެ. 29 ސެޕްޓެމްބަރ 2008 ވަނަ ދުވަހެވެ.

ކުރިން މިދެންނެވުނު އަންހެން ކުއްޖާއާއި އޭނާގެ މައިންބަފައިން އަހަރެން އެމީހުންނާއިއެކު މިސްކިތައް ގެންދިއައެވެ. އަދި އެތަނުގައި އަނެއްކާވެސް އަހަރެން ޝަހާދަތްކީމެވެ. މިފަހަރު އިމާމެއްގެ ކުރިމަތީގައެވެ. މިސްކިތުގައި ހުރި އަންހެންމީހާ ހުރީ ވަރަށް އުފަލުންނެވެ.

ޚާއްޞަކޮށް އެއީ ރަމަޟާންމަހަށް ވީތީއެވެ. އިމާމާގެ ކުރިމަތީގައި މިގޮތުގައި ޝަހާދަތްކިޔުނުހިނދު އަހަރެންނަށް ރޮވުނެވެ. އަހަރެންގެ ހިތައް މިފަދަ ހިތްހަމަޖެހުމެއް ދުވަހަކުވެސް ނުލިބެއެވެ. އެރޭ ވެގެންދިޔައީ އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު އެންމެ އުފާވެރި ރޭކަމުގައެވެ. އެރޭގެ އިޙްޞާސްތައް އަހަރެންނަށް ބުނެދޭންވެސް ނެންގެއެވެ.

އަހަރެންނަށް މި ނިންމުނީ އަހަރެންގެ ހަޔާތުގައި އަހަރެންނަސް ނިންމޭނޭ އެންމެ ނުހިންމު އެންމެ ރަނގަޅު ނިންމުމެވެ. މި ނިންމުމާއެއްފަދަ ނުވަތަ އެއަށްވުރެ ބޮޑު ނިންމުމެއް އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް އިރާދަކުރެއްވިއްޔާ ނިންމާކަށްނުޖެހޭނެއެވެ. އަހަރެންގެ ރަޙްމަތަތެރިންވެސް އެކަން ޤަބޫލުކުރެއެވެ. އަދި އަހަރެންގެ އާއިލާވެސް އެކަން ޤަބޫލުކުރެއެވެ. އެހެންނަމަވެސް އަހަރެން ކަންބޮޑުވާންޖެހުނު ކަމަކީ އަހަރެން ކުރިން އެތަނަކަށް ޤަވާއިދުން ދަމުންދިޔަ ފައްޅީގެ މީހުންނާއި ކުދިން ކިޔާނީ ކީކޭބާވައެވެ. އެމީހުން އަހަރެންގެ ނުބައިވާހަކަދައްކާނެއެވެ.

ﷲ އަށް ހަމްދުހުއްޓެވެ. މިހާރު އަހަރެންނަކަށް އަހަރެންގެ ހަޔާތާއި ވިސްނުމާއި ފިކުރު އޮޅުންބޮޅުންވެފައިވާތީ ނުފެނެއެވެ. ހުރިހާކަމެއްވެސް މާތްﷲ ގެ ދީލަތި ރަޙްމަތާއި ބަރާކަތުން ދަނީ ރަނގަޅުވަމުންނެވެ. އަދި އިރާދަކުރެއްވިއްޔާ އެގޮތުގައި ދެމި ހުންނާނެއެވެ.
-ނިމުނީ-

މި ލިއުން ކަމުދިޔަ ނަމަ fenvaru.mv ގެ އެފްބީ ޕޭޖް އަށް ލައިކް ކޮއްލަދެއްވާ

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި