Search Streamline Icon: https://streamlinehq.com

ޢީދު ޗުއްޓީއަށް މޯލްޑިވިއަންގެ ޚާއްޞަ ދަތުރުތަކެއް

Maldivian

އަންނަ އަޟްޙާ އީދާއި ދިމާކޮށް ދިވެހި ޤާއުމީ އެއާލައިން ކަމުގައިވާ މޯލްޑީވިއަންގެ ޚާއްޞަ ދަތުރުތަކެއް ރާއްޖޭގެ އުތުރުގެ ދެ ރަށަކަށް ބޭއްވުމަށް މޯލްޑިވިއަން އަން އިން މަހަޖައްސަވައިފިއެވެ.

ރާއްޖޭގެ އުތުރުގެ ދެއަތޮޅަކަށް ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ މި ދަތުރުތައް ބ.އަތޮޅު ދަރަވަންދޫގެ އިތުރުން ހދ. ހަނިމާދުއަށް ކުރާގޮތަށް ވަނީ ނިންމާފައެވެ.

މޯލްޑިވިއަން އިން ހާމަކުރެއްވި ގޮތުގައި މި ދަތުރުތަކަކީ އީދު ފެށުމާއި ނިންމުމާއި ދިމާކޮށް ދެކޮޅު ދަތުރު ކުރާ ގޮތަށް ރާވާފައިވާ ދަތުރުތަކެކެވެ. އެހެން ކަމުން މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ބުރާސްފަތި ދުވަހާއި މިހަމުގެ 16 ވާ ހުކުރު ދުވަހުގެ އިތުރުން 17 ވާ ހޮނިހިރު ދުވަހު ކަމަށްވެސް މޯލްޑިއަން އިން ހާމަކުރައްވައެވެ.

އުތުރުގެ ދެއަޅަށް ކުރުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ދަތުރުތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި އޮންނާނީ މާލެއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން ހަނިމާދޫ އަށް ކަމަށް ވެސް ޤައުމީ އެއާލައިން އިން ހާމަކުރައްވައެވެ.

މޯލްޑިވިއަން އިން ހާމަކުރެއްވި ގޮތުގައި ޢިދު ޗުއްޓީއަށް ވަޑައިގަންނަވާ ފަރާތްތަކުން ޢީދު ނިންމުމަށް ފަހު ދަތުރުތަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހާއި ،30 ވާ ހުކުރު ދުވަހުގެ އިތުރުން 31 ވާ ހޮނިހިރު ދުވަހު އެވެ.  

ޗުއްޓީ ނިންމުމަށް ފަހު އެނބުރި މާލެއަށް ކުރާ ދަތުރުތައް އޮންނާނީ ހަނިމާދޫއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން މާލެ އަށް ކަމަށް ވެސް ދިވެހި ޤައުމީ އެއާލައިން ކަމުގައިވާ މޯލްޑިވިއަން އިން ހާމަކުރައްވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި