Search Streamline Icon: https://streamlinehq.com

ނަފުރަތުގެ ބިލު ފާސްނުކުރާނަމަ ސަރުކާރަށް ތާއީދެއް ނުކުރާނަން: ރައީސް ނަޝީދު

Iboo and Nasheed

ޤާނޫނުލްއުޤޫބާތަށް ބަދަލު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ”ނަފުރަތުގެބިލު“ ފާސްކުރަން ވެރިކަން ކުރާ އެމްޑީޕީގެ ލީޑާޝިޕުން ފަސްޖެހިވަޑާއިގަންނަވާނަމަ، ސަރުކާރަށް ތާއީދުކުރެވެން ނެތްކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު އިނގިރޭސި ބަހުން ލިއުއްވާ އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނަފުރަތުގެ ބިލަކީ ދިވެހިރާއްޖޭޣެ ރައްޔިތުންނާއިމެދު ދީނީގޮތުން ނަފްރަތު އުފެއްދުމުގެ ސަބަބުން ދެމުންދާ ޙަމަލާތަކަށް ނިމުމެއް ގެނައުމުގެ ބޭނުމުގައި ސަރުކާރުން ހުށަހެޅި ބިލެއްކަމުގައެވެ.

ރައީސް ނަށީދު އާއި ޙަވާލާ ދެއްވައި އާއްމުކޯށްފައިވާ މި ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީން ޤަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑަޝިޕްގައި އޮންނަންވާނެ ކަމަށާއި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުކުރާނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމުގަ އެވެ.

ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ މީސްކޮޅުމަދު އަދާލަތު ޕާޓީން ނުފޫޒުގެ ބޭނުންކޮށްގެން ސަރުކާރުން އެބިލަށް ކުރި ތާއީދު ގެންގޮސްފައިވާކަމުގައެވެ. އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ޞާލިޙްގެ އެފަދަ އެތައް ނިންމުމަކަށް ނުފޫޒު ފޯރުވާއިރު އެގޮތަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ރައީސް ޞާލިޙް އަދާލަތު ޕާޓީއަށް ދެއްވަމުން އަންނަކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނަފުރަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާނު ޙުޞައިން އެވެ. މި ބިލުގެ މައްސަލައާއި ސަރުކާރުގެ އެހެން ބައެއް ކަންކަމާއި މެދު އުފެދުނު ޙިޔާލު ތަފާތުވުންތަކަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެއްބާރުލުން ދެއްވުން ހުއްޓައިލައްވައި ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އާއި ގުޅިވަޑައިގަންނަވާނެ ކަމަށްވެސް އިއުލާނު ކުރައްވައިފައެވެ.

މި ބިލުގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ރައިސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ސީދާ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ބައެއް ބައެއް މެމްބަރުންވަނީ ރައީސް ޞާލިޙްގެ އިސްތިއުފާދެއްވުމަށްވެސް އެދިވަދައިގެްނފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި