Search Streamline Icon: https://streamlinehq.com

ބައްސާމްގެ އިސްތިއުފާއަށް ގޮވާލައިފި

Bassam

މިސަރަހައްދުގެ ބޮޑު މުބާރާތް ކަމަށްވާ ސާފްޗެމްޕިއަންޝިޕްގައި މާދަމާ ރާއްޖެއާއި ލަންކާ ކުޅޭ މެޗްގެ ޓިކެޓް ވިއްކުމުގައި އެފްއޭއެމް އިން މަކަރާއި ހީލަތް ހަދާފައިވާކަމަށް ބުނެ ވަގުތުން ބައްސާމް އިސްތިއުފާ ދިނުމަށް ގޮވާލައިފިއެވެ.

ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމް ކައިރީގައި އާމުން ކުރަމުންދާ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ވަނީ ދަނޑުތެރެއަށްވެސް ވަދެގަތްފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން އަންނަނީ ޓިކެޓް ވިއްކުމުގައި ބައްސާމްގެ މަގާމާއި ނުފޫޒު ބޭނުން ކޮށްގެން ވަކިބަޔަކަށް ޓިކެޓް ވިއްކާފައިވާކަމަށެވެ. އެހެން ކަމުން މިހާރުން މިހާރަށް ބައްސާމް އިސްތިއުފާ ދިނުމަށްވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންމެވެ.

މިހާރު ކުރަމުންދާ މުޒާހަރާގައި އެފްއޭއެމް އަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ބައްސާމުގެ އިސްތިއުފާއަށް އަންނަނީ ގޮވާލަމުން: ފޮޓޯ/ ވަގުތު އޮންލައިން

މުޒާހަރާ ކުރާ އާމުން ބުނަމުންދަނީ އެމީހުންނަށް ރާއްޖެ-ލަންކާ މެޗުގެ ޓިކެޓު ނުލިބެނީސް އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށެވެ. އަދި ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، އެފްއޭއެމްގެ ވެރިން ވަނީ ޓިކެޓުތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ބަހާލާފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ޓިކެޓުތައް ވަނީ ބައްސާމް ބޭނުންވާ ބަޔަކަށް ބަހާލާފައިކަމަށެވެ.

މާދަމާގެ މެޗަށް 5000 ޓިކެޓް ވިއްކުމަށް ނިންމާފައިވާއިރު މިހާރުވަނީ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި