Search Streamline Icon: https://streamlinehq.com

ތެލުގެ އަގު ބޮޑުކޮށްފި

STO

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން(އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެކުންފުނިން ވިއްކާ ތެލުގެ އަގު ބޮޑުކުރަންޖެހުނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންކަމަށެވެ. އެގޮތުން މިހާރު ދުނިޔޭގެ ތެލުގެ އަގުތައް ހުރި ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިކަމަށާ، އެއާއިއެކު ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގިވެސް ބޮޑުވެފައިވާކަމަށެވެ.

އެސްޓީއޯއިން ބުނީ މީގެ ކުރިން 10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަށް ވިއްކި ޑީސަލް ލީޓަރެއް މިއަދުންފެށިގެން ލިބެންހުންނާނީ 11.84 ( އެގާރަ ރުފިޔާ އައްޑިހަ ހަތަރު ލާރި) އަށް ކަމަށެވެ. އަދި މީގެ ކުރިން 9.74 (ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 11.16(އެގާރަ ރުފިޔާ ސޯޅަ ލާރި)އަށް ކަމަށެވެ.

ތެލުގެ އަގުބޮޑުވުމާއި ގުޅިގެން އެސްޓީއޯއިން މިއަދު ނެރުނު އިއުލާން

މީގެ ކުރިންވެސް ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއިއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގުތަކަށް ބަދަލުގެނެސްފައިވެއެވެ. އެގޮތުން އެންމެ ފަހުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ ގެނެސްފައިވަނީ މި އަހަރުގެ ޖޫން މަހުއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި