Search Streamline Icon: https://streamlinehq.com

އަނދަ އަނދައި އޮތް ލަކުޑިކޮޅު

Fire in fireplace fenvaruonline

ޢަބްދުﷲ ބިން މަރްޒުޤް އަކީ އެކަލޭގެފާނުގެ ޒަމާނުގައި ވެރިޔަކަށް ހުންނެވި އަލްމަޙްދީގެ ވަރަށް ގާތް އެކުވެރިއެކެވެ. އެއްދުވަހަކު އަބްުދުﷲ ބިން މަރުޒޫޤް ބަނގުރާ ބޮއެގެން މަސްތުވެއްޖެއެވެ.

ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަށް ޖަމާޢަތުގެ ނަމާދު ގެއްލުނެވެ. ދެން އެހިނދު އެކަލޭގެފާނުގެ އަންހެން ޚާދިމާ އަނދަ އަނދައި އޮތް ލަކުޑިކޮޅެއް ހިފައިގެން އައިސް އެކަލޭގެފާނުގެ ފައި މަތީގައި ބޭއްވިއެވެ. އެއާއިއެކު އަލް މަރުޒޫޤް ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. އޭރު އެކަލޭގެފާނުގެ މޫނުމަތިން ވޭނުގެ އަސަރު ފާޅުވާން ހުއްޓެވެ.

އެހިނދު ޚާދިމް ކަމަނާ ބުންޏެވެ. ”ތިބާއަށް މިދުނިޔޭގެ އަލިފާނަށް ކެތްނުކުރެވޭ އިރު އާޚިރަތުގެ ގަދަފަދަ އަލިފާނަށް ތިބާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ މިދުނިޔޭގެ އަލިފާނަށް ވުރެ އާޚިރަތުގެ އަލިފާން 70 ގުނަ އަށް ހޫނުކަން ގަދަފަދަ ވެގެންވެއެވެ.“

ފަހެ ޚާދިމް ކަމަނާގެ މިވޭންދެނިވި ފިލާވަޅުގެ މަޤުޞަދު ޢަބްދުﷲ ބިން މަރްޒުޤަށް ވިސްނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ވަގުތުން ތައުބާވިއެވެ. އަދި ނަމާދު އޭގެ ވަގުތުގައި ޤާއިމުކޮށް ގިނަ ގިނައިން ޞަދަޤާތް ކުރެއްވިއެވެ.

ދުވަސްކޮޅެއް ފާއިތުވެދިޔަ ފަހުން އަލްފުޟައިލް ބިން އިޔާދާއި އިބްނު އުޔައިނާ އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ ގެކޮޅުގައިވާ ފަރުނީޗަރުތަކަށް ނަޒަރު ހިންގައިލެއްވިއެވެ.

އެހިނދު އެކަލޭގެފާނުގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާތީ ދެކެވަޑައިގަތެވެ. ދެން އެދެބޭކަލުން އެކަލޭގެފާނައި ސުވާލުކުރެެއްވިއެވެ.

“ﷲ ސުބުޙާނަހޫ ވަތާއާލާއަށްޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެކަލާނގެ އެއާއި އެއްވަރު ނުވަތަ އެއަށްވުރެ ރަނގަޅު ގޮތެއް މެދުވެރި ކުރައްވައެވެ. ތިބާ އަށް އެކަލާނގެ މެދުވެރި ކުރެއްވެވީ ކޮންކަމެއް ހެއްޔެވެ.؟”

އެހިނދު އަބުދުﷲ ބުން މަރުޒޫޤް ވިދާޅުވިއެވެ. “އަހުރެން މިހާރު މިހުރި ހާލަތުން ލިބޭ ހިތްހަމަޖެހުމެވެ.“

މަސްދަރު:ސްޓޯރީސް އޮފް ރިޕެންޓެންސް / މުޙައްމަދު އަބްދުލް މުޣާވިރީ

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި