އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަންހެނަކު، އޭނާގެ މެންދުރުގެ ކެއުމަށް ރެސްޓޯރެންޓަކަށް ދިޔައެވެ. ރެސްޓޯރެންޓަކަށް ވަދެ އޭނާ އޯޑަރު ދިން ކާތަކެތި ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. އެ ހިނދު، އޭނާ އަށް ފާހަގަ ކުރެވުނީ ފާޤީރު ނިކަމެތި ބައްޕައަކާއި، އޭނާގެ އަންހެން ދަރިފުޅު، އެ ރެސްޓޯރެންޓުގެ ބޭރުގައި ތިބެ، ބިއްލޫރިގަނޑު ތެރެއިން އޭނާގެ ކާތަކެއްޗަށް ބަލަބަލާ ތިބި ކަމެވެ.
އެވަގުތު އޭނާ އެދެމީހުންނަށް ގޮވާލާފައި ރެސްޓޯރެންޓުގެ އެތެރެއަށް ވަނުމަށް އެދުނެވެ. އަދި އެދެމީހުން އެތެރެއަށް ވަދެ އޭނާ ކައިރީގައި އިށީނުމުން އެމީހުންނަށް ކަމުދާ ކާ އެއްޗެއް ޚިޔާރުކުރުމަށް އޭނާ އެ ދެމީހުނެގެ ކިބައިން އެދުނެވެ.
އެހިނދު އެ އަންހެން ކުއްޖާ ލަދުވެތިކަމާއިއެކު އެއަންހެންމީހާ ކާން އިން ތައްޓާއި ދިމާލަށް ބާލައިލި އެވެ. އެހެންކަމުން މިއަންހެންމީހާ އެދެމީހުންނަށްވެސް ކާތަކެއްޗަށް އޯޑަރު ދިނެވެ. އަދި މީރު ރަނގަޅު ކާއެއްޗެއް ލިބުމުން، ނިކަމެތި އެދެމީހުންގެ މޫނުމަތިން ފާޅުވާން ހުރި އުފާވެރިކަމާއި އެކު، އެ ދެމީހުން ކާންތިބި މަންޒަރު ބަލަން އޭނާ އިނެވެ.
ކޮންމެއަކަސް މިދެމީހުން ކައި ނިންމާލުމަށްފަހު އަތްދޮވެލައިގެން ބޭރަށް ނިކުމެއްޖެއެވެ. އެވަގުތު އެ އަންހެން މީހާވެސް ކައި ނިންމާލާފައި ބިލް ގެނެސް ދިނުމަށް އެދުނެވެ.
އެހިނދު މިއަންހެންމީހާއަށް އަންތަރީސް ކުރުވާފަދަ ހައިރާން ކަން ލިބިގެންދިޔައީ އެމީހުންގެ ބިލަށް އެއްވެސް ފައިސާއެއް ދަންކަންޖެހިފައި ނެތުމުންނެވެ.
އޭނާ ބިލަށް ނަޒަރު ހިންގައިލިއެވެ. އެ ބިލްގައި ރެސްޓޯރެންޓުގެ ވެރިމީހާގެ ފަރާތުން ލިޔެފައި އޮތެވެ.
”އަޅުގަނޑުމެންގެ އަތުގައި އިންސާނިއްޔަތު ކަމުގެ އަގު ހިސާބުކުރެވޭނެ ކަލްކިއުލޭޓަރެއް ނެތެވެ.“ މިދަފައިން ލިޔެފައި އޮތުމުން އެ އަންހެން މީހާގެ ލޮލުން ކަރުނަ ފާއްދައިލިއެވެ.














