Search Streamline Icon: https://streamlinehq.com

މަންމާ ހޫރު ޕަރީންނަކީ ކޮބާ.؟

Muslim mom Son fenvaruonline

ތުއްތު ކުއްޖަކު އޭނާގެ މަންމަ ގާތުގައި އަހައިލި އެވެ. “މަންމާއެވެ. ހޫރު ޕަރީންނަކީ ކޮބައި ހެއްޔެވެ.؟”

އެހިނދު އެ ތުއްތު ކުއްޖާއަށް ވިސްނޭނެ ފަދަ ގޮތަކަށް ޖަވާބު ދެމުން މަންމަ ބުންޏެވެ.

”ދަރިފުޅާ އެވެ. އެއީ ފިޔަޖަހާފައި އުދުހި އުޅޭ, އިންސާނުންނާއި ވައްތަރު ބައެކެވެ. ރީތި ކަމުގެ ލާމަސީލު ބައެކެވެ. އެކަމަކު ދަރިފުޅު ތި ސުވާލު ތިޔަކުރީ ކީތްވެ ހެއްޔެވެ.؟”

އެހިނދު އެ ތުއްތު ކުއްޖާ ބުންޏެވެ. “މަންމާއެވެ. މިއަދު ސެކެއްޓްރީ ގާތުގައި ބައްޕަ ބުނުއްވި އަޑު އަހުރެން އެހީމެވެ. ތިބާ ހީވަނީ ހޫރު ޕަރީއެއް ހެނެވެ. އެކަމަކު މަންމާއެވެ. ސެކެއްޓްރީ ނުއެއް އުދުހެ އެވެ. އެއީ ކީއްވެ ހެއްޔެވެ؟”

އެހިނދު އެ ތުއްތު ކުއްޖާގެ މަންމަ ބުންޏެވެ. “މަގޭ ލޯބިވާ ދަރިފުޅާއެވެ. ތިބާ ޔަޤީން ކުރާށެވެ. މިއަދު ތިބާގެ ބައްޕަ އާއި ސެކެއްޓްރީ އާއި ދެމީހުން ވެސް ‘އުދުޙޭނެ’ އެވެ.

Leave a Reply

Your email address will not be published. Required fields are marked *