Search Streamline Icon: https://streamlinehq.com

ބައިލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 10 ޓީމް ބައިވެރިވެއްޖެ

Footboll

ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ދޭ ގޮތަށް ރ. އަތޮޅު ކައުްނސިލުން އެއަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގައި 10 ރަށަކުން ބައިވެރިވެއްޖެ އެވެ.

ރ.އަތޮޅު ކައުންސިލުން ހާމަކުރެއްވިގޮތުގައި އެ އަތޮޅު ކައުންސިލުންބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ 10 ރަށަކީ – ވާދޫ، ހުޅުދުއްފާރު، އުނގޫފާރު، ދުވާފަރު، މާކުރަތު އަދި ރަސްމާދޫގެ އިތުރުން އިންނަމާދޫ، އިނގުރައިދޫ، ފައިނު އަދި މީދޫ އެވެ.

ރ. އަތޮޅު ކައުންސިލުން ހާމަކުރައްވާ ގޮތުގައި މި މުބާރާތުގެ މަޤްޞަދަކީ ރ. އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙް ދިރުވައި އާލާކުރުމާއި، އަތޮޅުގެ ފުޓްސަލް ކުރިއަރުވަން އެހީތެރިވުމާއި، ރ. އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މުހިއްމު އެއް މަޤްޞަދު ކަމަށްވެސް ރ.އަތޮޅު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ރ.އަތޮޅު ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕްޓީމަށް 20،000 ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމަވާފަ އެވެ. 

ރ.އަތޮޅު ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ އެއް ޓީމަށެވެ. އަދި އަތޮޅު ކައުންސިލުން ހާއްސަ ދައުވަތު ދީގެން ބައިވެރިވާ ޓީމުތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެ ކައުންސިލުން ހާމަކުރައްވަ އެވެ.

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ނަމަވެސް މުބާރާތް ކުޅޭ ރަށްތައް އަދި އަތޮޅު ކައުންސިލުން ހާމަކުރައްވާފައެއް ނުވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި