Search Streamline Icon: https://streamlinehq.com

ފަހުގެ

ބެލުންތެރިން ހައިރާން- ސްވިޒަލަންޑް ރަށަށް ޕޯޗުގަލް ކުއާޓާ އަށް

Goncalo ramos Worldcup2022

ޤަތަރު ވޯލްޑްކަޕް2022: ގަދަ ސޯޅައިގެ ފަހުމެޗުގައި ޕޯޗުގަލް އާއި ސްވިޒަލަންޑް ބައްދަލުކުރިމެޗް ބެލުންތެރިން ހައިރާންކޮށްލުމަށްފަހު ތަފާތު ބޮޑު ނަތީޖާއަކުން ސްވިސަލަންޑް ބަލިކޮށް މުބާރާތުން ބޭރުކޮށްލުމަށްފަހު ޕޯޗުގަލް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރާއްޖެ ގަޑިން ރޭ މެންދަމު 12:00 ގައި ޤަތަރުގެ ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕޯޗުގަލް ކާމިޔާބުކުރީ 6-1 ގެ ތަފާތު ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ގޮންކާލޯ ރާމޯސްގެ ހެޓްރިކާއެކު ސްވިޒަލަންޑް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރުމަކީ ޕޯޗުގަލްއަށް ލިބުނު ވަރަށްބޮޑު ޝަރަފެކެވެ. 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގަދަ 16 އަށް ޕޯޗުގަލް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ.

ފުރަތަމަ ދިހަ ވަރަކަށް މިނެޓުގެ ތެރޭގައި ދެޓީމުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ފުރަތަމަ 10 ވަރަކަށް މިނެޓުގެ ތެރޭގައި ޕޯޗުގަލްގެ ކުޅުން ރަނގަޅުކޮށް މެޗުގެ 17 ވަނަ މިނެޓުގައި ސުވިޒަލަންޑުގެ ގޯލަށް ފޮނުވާލި ބޯޅަ ވެގެން ދިޔައީ ޕޯޗުގަލްގެ ނަޞީބު ކަމުގަ އެވެ. މެޗުގެ ފުރަތަމަ ގޯލާއި އެކު ޕޯޗުގަލްޓީމުގެ ކުޅުން އިންތިހާއަށް ވަރުގަދަވެގެން ދިޔައެވެ.

ސްވިޒަލަންޑަށް ޖެހުނީ ޕޯޗުގަލް ފަހާ ދުވާށެވެ.

މެޗުގެ ފުރަތަމަ ގޯލް ޕޯޗްގަލް އަށް ކާމިޔާބުކޮށްދިނީ ރާމޯސް އެވެ. ރާމޯސް މި ލަނޑު ކާމިޔާބުކުރީ ޖޮއާ ފީލިކްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ގޯލުގެ މަތީކަނަށް ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ހަނި އޭންގަލަކުން ރާމޯސް ފުނުވާލި ބޯޅަ ދިޔަ ދިމާލެއް ސްވިޒަލަންޑުގެ ކީޕަރަށް ރޭކާލީވެސް ޒަޕޯޓަރުންގެ ހަލޭކުގެ އަޑާއި އެކުގެއެވެ.

ފޯރިގަދަ ކުޅުމަކާއި އެކު ދެޓީމުންވެސް ކުޅެމުން ދިޔައީ ކުއާޓާއިން ޖާގަ ކަށަވަރުކުމަށެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ޕޯޗުގަލުން އަނެއްކާ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކުރި އެވެ. މި ލަނޑު އެ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގެ ކެޕްޓަން އަދި ހުނަރުވެރި ޑިފެންޑަރު ޕެޕޭ އެވެ. މި ލަނޑާއި އެކު ޕެޕޭ ވެފައި ވަނީ ވޯލްޑް ކަޕް ނޮކްއައުޓް ބުރުގައި ގޯލް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ ކަމުގައެވެ.

ޕޯޗުގަލް ޓީމުން ފެނިގެންދިޔަ ތަފާތު މޮޅު ކުޅުމާއި އެކު މެޗުގެ 51 ވަނަ މިނެޓުގައި ރާމޯސް ވަނީ ޕޯޗުގަލްގެ ތިންވަަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ރާމޯސް މިކަނޑުޖެހިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޕޯޗުގަލްއިން ވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފަ އެވެ. މިލަނޑު ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނީ ރަފެއެލް ގުރޭރޯ އެވެ.

ދިވެހިންގެ ގިނަބަޔަކު ސަޕޯޓްކުރާ މޮޅުކުޅުންތެރިޔާ ކްރިސްޓިއާނީ ރޮނާލްޑޯއާއި ނުލައި ކުޅެނުންދިޔަ މިމެޗުގެ 67 ވަނަ މިނެޓުގައި ޒުވާން ރާމޯސް ވަނީއަނެއްކާވެސް އިތުރު ލަނޑެއްޖަހައި ފުޓްބާޅައިގެ ތާރީޚްގައި އޭނާނެ ނަން ލިޔެލާފައެވެ. ރާމޯސްގެ ހެޓްރިކާއި އެކު ސްވިޒަލަންޑް ޓީމުން ލަނޑެއްޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 57  ވަނަ މިނެޓުގައި ސަވިޒަލަންޑަށް ލިބުނު ކޯނަރަކުން ކޯނަރަކުން އެޓީމަށް ޖެހުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޓީމުގެ ހުނަރުވެރި ޑިފެންޑަރު މެނުއެލް އަކާންޖީ އެވެ.

މި މެޗުގައި ޕޯޗުގަލުން ޖެހި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން، ޒުވާން ކުޅުންތެރިޔާ ރަފެއެލް ލިއާއޯ އެވެ.
މެޗު ނިމެން ދާދި ގާތްވެފައިވަނިކޮށް ކެޕްޓަން ރޮނާލްޑޯވެސް ވަނީ ކުޅެން ނުކުމެފައެވެ.

ކުއާޓާ ފައިނަލްގައި ޕޯޗުގަލް ބައްދަލްކުރާނީ ހިތިގޮތަކަށް ސްޕެއިން މި މުބާރާތުން ކަޓުވާލާފައިވާ މޮރޮކޯ އާއި އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި