Search Streamline Icon: https://streamlinehq.com

މިމަހު 29 އިން އަންނަ އަހަރު ޖެނުއަރީ 2 ވަނަ ދުވަހަށް ބީއެމްއެލް ބަންދު

BML

މިއަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ވަނަ ދުވަހުން ފެށިގެން އަންނަ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް ދިވެހި ޤައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) ބަންދުވާނެ ކަން އެ ބޭންކުން އިއުލާނުކޮށްފި އެވެ.

ބީއެމްއެލް އިން އާއްމުކުރި ކުރު ނޯޓިސް އެއްގައި ބުނެފައިވަނީ މި ހިނގާ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވާއި ހަމައަށް ބޭންކް ބަންދުވާނެ ކަމުގަ އެވެ. އަދި އެ ދުވަސްތަކީ ބޭންކް ބަންދު ދުވަސްތަކެއް ނަމަވެސް އެދުވަސްތަކުގައި ބޭންކިންގެ ޚިދުމަތްތައް ސެލްފް ސާވިސް އޭޓީއެމްތަކާއ،ި އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ލިބިލައްވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ބަންދު ދުވަސްތަކުގައިވެސް އެ ބެންކުގެ ކޮންޓެކްޓް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މީގެ ކުރިންވެސް ބީއެމްއެލް އަކީ ކޮންމެ އަހަރެއްގެ ނިމޭދުވަހާއި އަހަރު ފެށޭދުވަހު ގަންދުކުރާ ބޭންކް އެކެވެ. ކޮންމެ އަހަރަކުވެސް ބީއެލްއެލް ބަންދުކުރަނީ އަހަރު ނިމުމާ ދިމާކޮށް ބޭންކުގައި ކުރަންޖެހޭ ބައެއް މަސައްކަތްތަކާއި އަހަރީ ހިސާބުތައް ނިންމުމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި