Search Streamline Icon: https://streamlinehq.com

މި އަހަރުގެ ރޯދަމަސް މާ މުހިންމު ނޫނީތޯ؟

Rodhamas 2023 fenvaruonline
Advertisement

މީގެ ކުރީގެ ރަމްޟާން މަސް އަންނަ އިރު ރާއްޖޭގެ ގިނަ ފިހާރަތަކުން ކޮންމެސް ސޭލްއެއް ނުވަތަ ކޮންމެސް ޕްރޮމޯޟަނެއް ގެންނަ މަންޒަރު ފެންނާނެ އެވެ.

ނަމަވެސް މިފަހަރު އެބާވަތުގެ އެއްވެސް ކަމެއް އަދި ވަރަށް މަދުން ނޫނީ ނުފެނެ އެވެ. ރައްޔިތުންގެ އަތްމަތި މާދަތީ ބާވައެވެ؟ ނޫނީ މިހާރު ދިވެހިންނަށް ރަމްޟާން މަސް މާމުހިންމު ނޫނީ ބާވައެވެ؟

ނަމަވެސް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފަހުކޮޅަށް އަންނަ އިރު ނަޞާރާއިން ފާހަގަކުރާ އެކި އެކި ކަން ކަން ރާއްޖޭގެ އެކި ހިސާބުތަކުން ފެނެއެވެ. ދީނީ ކަން ކަން އެހައި ދައްވެ އަޤީދާ ބަލިކަށިވީތޯ އެވެ؟

ފެބުރުއަރީ މަސް ފެށިގެން އަންނަ އިރު ފާޑުފާޑުގެ މަލާއި ކާޑު ތައްވެސް ފެނި ގެން ދެއެވެ. ނަމަ ވެސް މިފަހަރު އަޅުގަންޑުމެންގެ ދީނީ މިހާ ބޮޑު އިޙްތިފާލެއްގައި އަޅުގަނޑުމެންގެ އަހަމިއްޔަތުކަން މިހާ ކުޑަ ވެގެން މިދަނީ އަޅުގަނޑުމެންގެ ދީނީ އިލްމު ހަމަ މަދުވެ ދީނަށް ދެވޭ އަހަމިއްޔަތު ކުޑަ ވުމުން ކަން ޔަގީނެވެ.

ހުސްއެކަނި ފިހާރަ ތަކާއި ރެސްޓޯރަންޓު ތަކުން ހިންގާ ސޭލް އެކަންޏެއްނޫނެވެ. ދައުލަތުގެ ފަރާތުންވެސް ރަމްޟާން މަހުގެ ކަންކަމަށް ދެއްވާ އަޙުމިޔަތުކަން ހަމަ ކުޑައީއެވެ. މީގެ ކުރީގެ ސަރުކާރު ތަަކުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އިޙިޔާ ޕްރޮގްރާމް ތައްވެސް ރަމްޟާން މަސް ފެށުމުގެ ކުރީގައި ރަމްޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ބާއްވަވެއެވެ، ނަމަވެސް މި ފަހަރު އެހައި ބޮޑައް އެކަން ނުފެންނާތީ ހަމަ ސުވާލު އުފެދުނީ އެވެ.

Advertisement

ހިތާމަ ހުރި ކަމެކެވެ. އަޅުގަނޑުމެންގެ އާ ޖީލް ތަކައް އަޅުގަނޑުމެންގެ ދީނުގެ މުހިންމުު އިޙްތިފާލް ތަކާއި ފަރުލުތައް އުންގަންނައި ނުދެވޭނަމަ އެއީ އަޅުގަނޑުމެންގެ ވާޖިބުން އެކަހެރިވެވެނީ ކަމާއި ދޭތެރޭ ޟައްކެއް އޮތް ކަމެއްނޫނެވެ.

އަޅުގަނޑުގެ އިލްތިމާސްއަކީ މާލަސް ނުވަނީސް މިކަހަލަ ކަންކަމާއި ދޭތެރޭ ވިސްނަވައި ވަގުތު ފާއިތު ނުވަނީސް އަޅުގަންޑުމެންގެ އަމަލުތައް ސީދާ ކުރެއްވުމެވެ. އަދި ކުރި އައްއޮތް ރަމްޟާން މަހުގެ ހެޔޮ ކަން ލިބިގަތުމައްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި މިއަހަރުގެ ރަމްޟާން މަހުގެ ހެޔޮ ކަމާއި ދަރުމަ ގިނަގިނައިން ލިބި ގަތުމަށް ގަދައަޅައި މަސައްކަތް ފެއްޓެވުމެވެ.

އެންމެ ހައި ބޭފުޅުންނަށް ރަމްޟާން ކަރީމް. އަޅުގަންޑުގެ ދުއާއަކީ ﷲ އަޅަމެންގެ ހެޔޮ އަމަލް ތައް މިރަމްޟާން މަހުގައި ޤަބޫލް ކުރައްވައި އަޅުގަނޑުމެންގެ ދުވާއިޖާބަ ކުރެއްވުމެވެ. އާމީން.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި