Search Streamline Icon: https://streamlinehq.com

ގޯލްޑެން ފުޓްސަލް ޗެލެންޖް 2023: ގަމާއި ވާދޫ ފައިނަލަށް

Futsal gan team fenvaru

މުޅި ރާއްގެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފައިނަލަށް ގަމާއި ވާދޫ ދަތުރުކޮށްފި އެވެ.

ގަން ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި އިނގުރައިދޫ އާއި ބައްދަލުކޮށް ބޮޑު ތަފާކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗު ގަމުން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުން ނެވެ.

ވާދޫ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ކުޑަހުވަދޫއާއި ވާދަކުރިމެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތުހަވި އިރު 4-4 ން ދެޓީމްވަނީ އެއްވަރުވެފަ އެވެ. މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީޖަހައިގެން ވާދޫ މެޗުކާމިޔާބުކުރީ ފަސް ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ކުޑަހުވަދޫ އަށް ކާމިޔާބުކުރެވުނީ އެއްމެ ހަތަރު ޕެނަލްޓީ އެވެ.

ގޯލްޑެން ފުޓްސަލް މުބާރާތުގެ ފައިނަލަށް ގަން ދަތުރުކޮށްފައިވަނީ ލ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. މިއީ މި މުބާރާތުގެ ފައިނަލުގައި ގަމުން ވާދަކުރާ ދެވަނަ އަހަރެވެ. ރާއްޖޭގައިބާއްވާ އެއްމެބޮޑު ފުޓްސަލް މުބާރާތް‘ ”ގޯލްޑަން ފުޓްސަލް ޗެލެންޖް 2018″ގެ ފައިނަލްގައިވެސް ގަމުން ވަނީ ވާދަކޮަށްފަ އެވެ. 2018ގެ ފައިނަލުގައި މާފަންނާއި ބައްދަލުކުރިމެޗުން ގަން ބަލިވިނަމަވެސް އެ މެޗުގައިވެސް ގަމުންވަނީ މޮޅުކުޅުމެއް ދައްކާފައެވެ.

ޖުމްލަ 102 ޓީމު ވާދަކޮށް 242 މެޗު ކުޅުމަށް ހަމަޖެހިފައިވާ ”ގޯލްޑެން ފުޓްސަލް މުބާރާތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއްޓީމަށް ވާދަކުވޭމުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކު ސިޓީގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުޞަތު ވެސްވަނީ ހުޅުވާލާފަ އެވެ.

ގޯޅްޑެން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ އެ ޓީމެއް ނިސްބަތްވާ ރަށެއްގެ ކުޅުންތެރިންނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި