މިއީ ތިޔަ ލޮބުވެތި ރައްޔިތުން އެކުވެރިވެ އެކަތިގަނޑަކަށް ވާންވީ ދުވަހެވެ. ނަމޫނާ ބަޔަކަށް ވެވޭތޯ ގަދައަޅާއި މަސައްކަތް ކުރަންވީ ދުވަސްވެސް މެއެވެ.
މިފަދަ ހިތްދަތި ހިތާމަވެރި ޙާލަތެއް މި ވަޠަނަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ފާޑުކިޔުމާއި ފުރައްސާރަ ކުރުމުގެ ބަދަލުގައި އަތާއަތް ގުޅާލައި ޤައުމު އާރާސްތުކޮށް ކުރީގެ ޙާލަތަށް ރުޖޫޢަ ވޭތޯ ހިއްވަރާއި ހިންމަތާއި އެކު މަސައްކަތް ކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ނުދެކެމާ ހިނގާށެވެ. އެއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ބަލައި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިވެވޭތޯ ބަލަމާ ހިނގާށެވެ.
މި ދަނޑިވަޅުގައި ދިވެހިންގެ ދިވެހިވަންތަކަން ދައްކުއިދީ ސާބިތުކަމާއި އެކު އެކަކު އަނެކަކަށް އެހީތެރިވެ ދިނުމާއި އަތާ އަތް ގުޅާލައިގެން މަސައްކަތް ކުރެވިއްޖެ ނަމަ މި ކަމުން އަރައިގަތުމައި ދުރުގައިވާ ކަމެއްނޫނެވެ.
އެމްޑީއެންގެ ލީޑަރު އަދި ކުރިން ހޯމް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ސިސާސީ ލީޑަރ ޢުމަރު ނަޞީރު ވިދާޅުވެފައިވަނީ ކޮވިޑުގެ ސަބަބުން ރާއްޖެ ނުރައްކައުތެރި ހާލަތަށް ވެއްޓިވައިވާ މިކަހަލަ ދަތި ދުވަސްތަކާ ދިމާކޮށް ބޭރުގެ އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމުގައެވެ.
ކޮވިޑުގެ ނުރައްކައުތެރި ޙާލަތާއި އަނެއްކާއިވެސް ރާއްޖެ މިވަނީ ކުރިމަތިލާން ޖެހިފައިކަމަށާއި، މިވަގުތު އެންމެ މުހިންމީ މިކަން މިދިމާވީ ކާކުގެ އިހުމާލުންތޯ ބަލައި އެކަކު އަނެކަކަށް ފާޑުކިއުންނޫން ކަމުގަ އެވެ. އަދި މިވަގުތު މުހިންމީ މިޙާލަތުން ރާއްޖެއަށް އަރައިގަނެވޭނެ އެންމެ ކުރުމަގަކީ ކޮބައިތޯ ބަލައި އެމަގަކުން ނުކުމެވޭތޯ މަސައްކަތް ކުރުންކަކަށްވެސް ޢުމަރު ވިދާޅުވި އެވެ.
ޢުމަރު ވިދާޅުވީ މިއީ ސަރުކާރަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް އަޅުގަނޑުމެން އެންމެން ދޭންވީ ވަގުތު ކަމަށާއި‘ ކޮވިޑުގެ ނުރައްކައުތެރި ޙާލަތުގައި ރާއްޖެ ހޭދަކުރާތާ ގާތްގަނޑަކަށް ދޮޅުއަހަރާއި ކައިރިވެފައި ވާކަމުގައެވެ.
”ޑީއޭއެންއޭގެ ފަރާތުން އަޅުގަނޑު އިލްތިމާސްކުރާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ބޯލެންބެވުމަށާއި ގައިދުރުކަމާއި މާސްކު އެޅުންފަދަ އަސާސީ ކަންކަމަށް ފަރުވާތެރިވެލެއްވުން. އަދި މިއީ ސަރުކާރުންވެސް އެބޭފުޅުންގެ ލީޑަޝިޕާއި ހިންގުންތެރިކަން ދައްކަވަންވީ ވަގުތު.“ ޢުމަރު ވިދާޅުވި އެވެ.
މި ވަގުތަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވެރިން ކުރިމަތިލައްވައި، ރައްޔިތުންނަށް އެކިއެކި މެސެޖުތައް ދެއްވަންވީ ވަގުތެވެ. އަދި ޞިއްޙީ ދާއިރާގެ ހިއްވަރުގަދަ ހީވާގި ބޭފުޅުންނަށް ހިއްވަރުދެއްވަންވީ ވަގުތު ކަމަށް ވެސް ޢުމަރު ވިދާޅުވި އެވެ.
”ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މިހާރު އިޢުލާނު ކުރައްވާފައިވާ ފިޔަވަޅުތަކަށް ޑީއެންއޭގެ ފަރާތުން މަރުޙަބާ ކިޔާކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމު ޞިއްޙަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅުއްވާއިރު އިޤުތިޞާދީ ގޮތުން ފުންވަޅުގަނޑަކަށް ޤައުމު ވެއްޓުނަ ނުދިނުމަށްޓަކައި ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރުމާއި‘ ދުވަހުން ދުވަހަށް އާމްދަނީ ހޯދައިގެން ދިރިއުޅުން ހަމަޖައްސައްމުން ގެންދާ ފަރާތްތަކަށް އިންކަމްސަޕޯޓް ފޯރުކޮށްދިނުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއްކަމުގައެވެ.
ވަކިން ޚާއްޞަކޮށް ފަޤީރު އާޢިލާތަކާއި‘ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ދަތިޙާލުގައި އުޅޭމީހުންނަށް އެހީ ފޮރުކޮށްދެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަވައި ދެއްވުމަށް އިލްތިމާސް ކުރައްވާކަމަށްވެސް ޢުމަރު ވިދާޅުވި އެވެ.











