Search Streamline Icon: https://streamlinehq.com

މިނިވަން ދުވަހު އުރީދޫގެ ކަސްޓަމަރުންނަށް 50 ރުފިޔާއަށް 58 ޖީބީ

Ooredoo

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިނިވަން 58 ގެ ނަމުގައި ހާއްސަ އޮފާއެއް މިއަދު ތައާރަފްކޮށްފިއެވެ.

މިނިވަން ދުވަހާއި ކުރިއަށް އަތް ޗުއްޓީތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ މިނިވަން58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ.

އެންމެ 50 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ހަމައެހެންމެ، #1*929* އަށް ގުޅުއްވައިގެން ނުވަތަ D50 ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރެއްވުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app  މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ޓީމުގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު އެންމެހައި ދިވެހިންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.

މި ހާއްސަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ހާއްސަ އޮފަރ އެއް ކަމަށާއި މި އޮފަރ އަކީ ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެ އޮފަރ އެއްކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ 26 ޖުލައި 2023 އިން ފެށިގެން 31 އޮގަސްޓް 2023 ގެ ނިޔަލަށް ނެންގެވޭނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި