”ދަ ޑިމޮކްރެޓްސް“ ގެ ރިޔާސީ ޓިކެޓް 94 ޕަސެންޓާއެކު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއުރާގެ މެމްބަރ އިލްޔާސް ލަބީބަށް ކަށަވަރު ވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ފޯމު ހުށަހަޅުއްވާފައިވަނީ ވެސް އޭނާ ގިނިކަންޏާއެވެ.
ޖުލައި 28 ވީ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ބާއްވާފައިވަނީ މެންދުރު 14:00 ން އިރުއޮއްސި 18:00 އަށެވެ.
މި ޕްރައިމަރީގައި އޭނާއަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އަދި ނުފެންނަ ކަމަށް 153 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އަދި ބާތިލް ވޯޓުގެ ގޮތުގައި 9 ވޯޓު ހިމެނެއެވެ.
މި ޕްރައިމަރީ ހިނގަމުން ދިޔައިރު ޕާޓީއަށް އަލަށް ސޮއިކުރި މެމްބަރުންނަށް ވެސް ވޯޓުލުމުގެ ފުރުސަތު ވަނީ ދީފައެވެ.











