Search Streamline Icon: https://streamlinehq.com

މިނިވަން އުފާ ކާނިވަަލަށް ގޮސްގެން ބާލީ އަށް ހިލޭ ދަތުރެއް

Minivan ufaa

އުރީދޫ މޯލްޑިވްސްއިން މިނިވަން އުފާ ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯ ގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި 7 ދުވަހުގެ ބާލީ ދަތުރެއް ދޭން ނިންމާފައިއެވެ.

ހޯމް މިނިސްޓްރީ އާއި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލު ގެ ޕަރޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ އިން ނިންމާފައިވަނީ މިރެއިން ފެށިގެން އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4 ން 6 އަށް އަދި ރޭގަނޑު 8 ން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މިނިވަން އުފާ ކާނިވަލަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ބައިވެރިވެވޭނެ ފަދަ ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.

ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކަކާއެކު ބާއްވާ މި ކާނިވަލަކީ ކޮންމެ މީހަކަށް ވެސް އުފާވެރި ތަޖުރިބާއެއް ކަށަވަރުކޮށްދޭ ކާނިވަލެކެވެ. މިރޭ 8 ޖަހާއިރު ކާނިވަލް ހުޅުވުމަށް ބޭއްވޭ ރަސްމިއްޔާތާ އެކު ކާނިވަލް ގެ ހަރަކާތްތަކުގައި އެންމެހައި ބޭފުޅުންނަށްވެސ ބައިވެރިވެވޭނެއެވެ.

މި ކާނިވަލް ގައި ކުރިއަށް ދާ ލަކީ ޑްރޯ ގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ދޭ 7 ދުވަހުގެ ބާލީ ދަތުރު ގެ ނަސީބުވެރި ފަރާތަކަށް ވުމަށް ކާނިވާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓަރކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. ލަކީ ޑްރޯ ގެ ނަސީބުވެރި ފަރާތް ހޮވަން ހަމަ ޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަހު، 3 އޯގަސްޓް 2023 ގައެވެ.

މިނިވަން އުފާ ކާނިވަލުގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރި 1 ފަރާތަށް އުރީދޫއިން ދެ މީހުންގެ 7 ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓް 4 ތަރީގެ އެކޮމޮޑޭޝަން ގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އުބުދުގައި 2 ރޭ، ނޫސާ ޕެނިޑާގައި 2 ރޭ އަދި 2 ރޭ ސެމިނިއާކް ގައި ހިމެނެއިރު މިތަންތަނުގައި ގައިޑަކާ އެކު ޓުއާ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ޓުއާ ގައި ހިމެނޭ ތަންތަނަށް ބަލާއިރު ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި، އަލޯހާ އުބުދު ސްވިންގް ބަލާލުމާއި، އުބުދު ސެންޓަރ އެކްސްޕްލޯކުރުމާއި، ހިތްގައިމު އެންޖަލް ބިލަބޮންގް އާއި ބްރޯކެން ބީޗް ބަލާލުމާއި، ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ޒިޔާރާތްކުރުމާ، އަޓޫހ ބީޗަށް ޒިޔާރާތްކުރުން، ޓްރީ ހައުސްއަށް ޒިޔާރަތްކުރުމާއި، ސެރިބޫ އައިލެންޑް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

7 ދުވަހުގެ ބާލީ ދަތުރު ހޯދުމުގެ ފުރުސަތުގެ އިތުރުން، މިނިވަން އުފާ ކާނިވަލުގައި ހުންނަ އުރީދޫ ނޭޝަން ސްޓޯލަށް ޒިޔާރަތްކުރުމަށްވެސް އުރީދޫ މޯލްޑިވްސް އިން އެންމެހައިބޭފުޅުންނަށްވެސް ވަރަށް ހޫނު ދައުވަތެއް ދެއެވެ.

އުރީދޫ ނޭޝަން ސްޓޯލްގައި ގޭމުކުޅޭ ފަރާތްތަކަށް ޝައުގުވެރި ވާނެފަދަ ކުޅިވަރުތަކެއް ފެނިގެންދާނެ ކަމަށާއި ބައިވެރިންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ވިދާޅުވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި