Search Streamline Icon: https://streamlinehq.com

ރައީސް ޔާމީންގެ ކެންޑިޑެންސީ މިއަދު ހުށަހަޅަނީ

Yameen

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ، އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ބުނީ ކެންޑިޑެންސީ ހުށަހެޅުމަށް މިއަދު ހެނދުނު 9:45 ގައި ދަރުބާރުގެއަށް ދާނެކަމަށެވެ.

އެމަނިކުފާނުގެ ކެންޑިޑެންސީ ހުށަހަޅާއިރު، ރައީސް ޔާމީން ވަނި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕަށް ފެންނަ ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށް ފެތުރެމުންދާ އަޑުތަކަށް އެ ކޯލިޝަނުން ބުނީ އެއީ ދޮގު ޚަބަރުތަކެއް ކަމަށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ފަދަ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް، ވަކި ކެންޑިޑޭޓެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯލިޝަންގެ ލީޑަރޝިޕުން ނިންމާފައިވަނީ ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އިޚްތިޔާރު ރައީސް ޔާމީނަށް ދިނުމަށް ކަމަށެވެ.

މިހާރު އޮތް ގޮތުން ނަމަ، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަކީ ނާދިރު ކަމެކެވެ.

އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި