Search Streamline Icon: https://streamlinehq.com

ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިނުގަތުމުން ޕީޕީއެމް އިން ކޯޓަށް

Raees Yaameen Adhurey fenvaruonline

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެންސީ، އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ސްޕްރީމް ކޯޓަށް ދިއުމަށް ނިންމައިފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު 9، 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނު ނަންބަރު 2008/11 (އިންތިހާބު ތަކާބެހޭ ޢާންމު ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދާ ކަމަށް އެ ބަޔާނުގއި ބުންޏެވެ. އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލުކޮށް، ރައީސް ޔާމީންގެ ކެނޑިޑަސީގެ ސައްހަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމުގައި ވެސް އެޕާޓީން ބުނެއެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނަަށް ހުށަހަޅާފައިވަނީ އޯގަސްޓު 1 ވަނަ ދުވަހު ހެނދުނުއެވެ. އަދި އެ ކެނޑިޑެސީ ބަލައިނުގަތުމަށް އީސީ އިން ނިންމާފައިވަނީ ހަމަ އެދުވަހުގެ ހަވީރުއެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތްކުރުމަށް ފަހުގައެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި