Search Streamline Icon: https://streamlinehq.com

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމް-ޕީއެންސީން: ޕީއެންސީގެ ރައީސް

PPM PNC Muizzu Adhurey

އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް-ޕީއެންސީ ކޯލިޝަނުން ކަމުގައި އެ ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ޙަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ޓްވީޓްކުރައްވާފައިވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝްނުން ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމަށް ބޭޢްވި ރައްމިއްތާތަށް ފަހުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބަލް ޑރ. މުހައްމަދު މުއިއްޒު ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އޮނަރަބްލް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ޤަބޫލުކުރައްވާފައިވާ ކަމުގައެވެ.

ޕީއެންސީގެ ރައީސް ގެ މެސެޖުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތްކަމަށްޓަކައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު އަށާއި އެމަނިކުފާނުގެ ރަނިންމޭޓް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. 

އަބްދުއްރަޙީމް ވިދާޅުވީ މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި، ރައީސް ޢަބްދުﷲ ޔާމީންގެ ފުރިހަމަ ތާއީދާއި، ލޮބުވެތި ރައްޔިތުންގެ ބުރަމަސައްކަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމް- ޕީއެންސީ ކޯލިޝަނުން ކަމުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި