Search Streamline Icon: https://streamlinehq.com

ބިން ހިއްކައިގެން ދިއްދޫގައި އެއަރޕޯޓެއް ޤާއިމް ކޮށްދޭނަން: ޑރ. މުޢިއްޒު

Ppm mnc Muizzu

ބިން ހިއްކައިގެން ހއ. ދިއްދޫގައި އެއަރޕޯޓރެއް ޤާއިމް ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، ދިއްދޫ ރައްޔިތުންނަށް އެކަން ކޮށްދެއްވާނެކަމުގައި އިދިކޮޅު އެންމެ ބޮޑު ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މުއިއްޒު ވިދާޅުވީ ދިއްދޫގައި ބިންހިކައިގެން އެއަރޕޯޓެއް އެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެމަނިކުފާނަށް ވަރަށް ފަސޭހަ ކަމެއްކަަމަށާއި ދިއްދޫ ރައްޔިތުންނަށް އެކަން ކޮށްދެއްވާނެ ކަމުގަ އެވެ.

ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިޖަލްސާގައި އެއާޕޯޓްގެ ޔަގީންކަން މުއިއްޒު ދެއްވުމާއިއެކު ޖަލްސާއަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަނީ ކޮޅަށް ތެދުވެ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

”މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި މިއޮތީ ބިން ހިއްކައިގެން އެއަރޕޯޓެއް އެޅުން. މިރަށުގައި ބިން ހިއްކައި އެއަރޕޯޓެއް އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދާދި ފަސޭހަ ކަމެއް. އެކަން ތިބޭފުޅުންނަށް އަޅުގަނޑުމެން ޚާޞިލް ކޮށްދޭނަން.“ ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދިއްދޫ ރައްޔިތުންނާ މުޙާޠަބް ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިއްދޫގައި އެއާޕޯޓެއް އެޅުމުން ގިނަ އަދަދަކަށް ވަޒީފާ އުފެދޭނެ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރެއްގައި ދެވަނައަށް އެންމެ އިސްކަންދެއްވާނެ ކަމަކީ ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން ކަމުގައެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސްކަން ދެއްވާނީ ގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމަށް ކަމަށާއި، ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ޙައްޤެއް ކަމުން އެކަން ފަހިކޮށްދިނުމަށް ހުރިހައި ރޮނގަކުންވެސް މަގު ފައިދެއްވާނެކަމުގައި މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ގެދޮރުގެ ދަތިކަން ނެތް ހުރިހައި ފަރާތަކަށް އެކަން ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޢަދުލުވެރިކަމާއި އެކު ވެރިކަން ކުރާފަރާތަކުން ނަމަ ރައްޔިތުންނަށް ޚިދުމަތްދޭނީ ޢަދުލުވެރިކަމާއި އެކުގއި ކަމުގައެވެ. އެހެންކަމުން މިރަށުގެ ރައްޔިތުންނަށްވެސް ބޭނުންވެފައިވާ ކަންކަން ޙާޞީލް ކޮށްދިނުމުގައި އެމަނިކުފާނު ކުރިއަށް ދާނީ މިދެންނެވި ޢަދުލުވެރިކަމާއި އެކުގައި ކަމަށާއި، އެހެންކަމުން ދިއްދޫގެ ތަރައްޤީއަށްޓަކައި ރައްޔިތުން ކުރަމުންދާ އުންމީދުތަކުގައި ކުލަ ޖެއްސުމަކީ އެމަނިކުފާނު ހިތުގެ އަޑިން އުފަލާއި އެކުގައި ދިއްދޫ ރައްޔިތުންނަށް ކޮށްދޭނެކަމެއްކަމުގެ ޔަޤީންކަން އަރުވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި