ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ޑރ މުއިއްޒު ހއ ކެލައަށް ވަޑައިގަތުމުން ދެކޮޅަށް އަޑުއުފުލުމުންދިޔަ އެމްޑީޕީގެ މެންބަރުނާއި ސަލާމްކޮށް ނަމޫނާ ދައްކަވައިފިއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖަމްލަ އަށް ކެންޑިޑޭޓަކު ވާދަކުރާއިރު، އޭގެތެރެއިން ގިނަ ބައެއްގެ ތާއިދު އޮންނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ޑރ މުއިއްޒު މިއަދު ހއ ކެލާއަށް ވަޑައިގަތުމުން އެރަށުންވެސްވަނީ ވަރަށް ހޫނު މަރުހަބާއެއްކިޔާފައެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުން މުއިއްޒު ކެލައަށް ވަޑައިގެން ސަޕޯޓަރުންގެ ސަފުތަކާއި ސަލާންކޮށް ނިމުމުން އެސަރަހައްދަށް އެމްޑީޕީގެ ދިދަ އާއިެކު ނިކުމެތިބެ ކު މުއިއްޒުއާއިދެކޮޅަށް އަޑު އުފުލަމުންދިޔަ ދެތިން މީހުންނާއި މުއިއްޒު ވަނީ ހިނިތުންވުމާއި އެކު ވާހަކަ ދައްކަވާ ސަލާމް ކުރައްވާފައެވެ. އެއާއިއެކު އިދިކޮޅަށް ގޮވަމުންދިޔައަޑުތައް މަޑުވެ، އެމީހުންވެސް ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ކުރަމުން އަންނައިރު ވެރިކަންކުރާ އެމްޑީޕީޣެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ރަށްރަށަށް ވަޑާއިނަވާއިރު އިދިކޮޅު ސަޕޯޓަރުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަންނަނީ ފުލުހުން މެދުވެރިކޮށް ހަނިކުރަމުންނެވެ.އަދި ބައެއް ރަށްރަށުން އިދިކޮޅު ސަޕޯޓަރުން ހައްޔަރުކޮށް، އަނިޔާކުރަމުންދާ މަންޒަރުވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯތަކުން ފެންނަމުންނެވެ.











