Search Streamline Icon: https://streamlinehq.com

ސައިބަރ ކްރައިމްގައި ހިންގާ ލޯބީގެ ސްކޭމްތަކަށް ސަމާލުވާން އަންގައިފި

Cybercrime
Advertisement

ސައިބަރ ކްރައިމްގައި ހިންގާ ލޯބީގެ ސްކޭމްތައް އިތުރުވަމުން އަންނާތީ އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތައް މިހާރަކަށް އައިސް ގިނަވަމުން އަންނަ ކަމަށާއި މިފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެއް ކަމަށެވެ.

މީސްމީޑިޔާގެ ޑޭޓިންގް ޕްލެޓްފޯމްތަކުން ފެށިގެން އަންނަ މިފަދަ މައްސަލަތަކަކީ މީސް މީޑިއާގެ އެކި މަންސަތަކާއި އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މަންސަތައް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެގޮތުން ބޭރުގެ ޤައުމުތަކުގައި ތިބެގެންވެސް މިފަދަ ކްރައިމްތައް ހިންގަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

އާންމުކޮށް ފޭކު ޕްރޮފައިލް ހަދަން ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ފިކްޝަނަލް ނަންތަކާއި، އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުން ކޮށްގެން، ސްކޭމްކުރާ މީހުން މަޖުބޫރު އަދި ހިތްގައިމު ޕްރޮފައިލްތައް އުފައްދައެވެ. އަދި ވިކްޓިމަކާ ގުޅުވައިލުމަށްފަހު އެގުޅުން ބަދަހިކުރުމަށްޓަކައި ވަގުތާއި މަސައްކަތް އިންވެސްޓްކުރެއެވެ. ވިކްޓިމްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް އެމީހުން ބޭނުންކުރަނީ އަނިޔާލިބުނު މީހާގެ ސިކުނޑިއާ ޖަޒުބާތީގޮތުން ކުޅެލުމާއި އޮޅުވާލުމާއި ލޯބީގެ ބަސްތަކެވެ. އަދި އެމީހާގެ ހުންނަ ނަފްސާނީ ނާޒުކުކަން ދަނެގަނެ އޭގެ ބޭނުން ނަހަމުގޮތުގައި ހިފައެވެ.

Advertisement

މިފަދަ ފޭކު މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ އާއިލާ މީހުން އަދި ރައްޓެހިންނާއި އެކަހެރިކޮށް އަނިޔާލިބޭ މީހާއަށް އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދިޔަނުދެއެވެ. އަދި  މެޑިކަލް އިމަޖެންސީ، މާލީ ކާރިސާ ނުވަތަ ގާނޫނީ މައްސަލަތައް ފަދަ ފޭކް އިމަޖެންސީ ހާލަތްތައް އުފައްދައި އެމީހުންގެ އަތުން ފައިސާ ހޯދުމަށް އެދެއެވެ. އަދި ދަތުރުފަތުރުގެ ހަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާކަމަށް ބުނެފައި އެބަހުއްޓެވެ.
ފައިސާ ލިބުމަށްފަހު ވާނުވާ ނޭގި ގެއްލެއެވެ. ވިކްޓިމް ލައްވާ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް މަނީލޯންޑްރިންގެ މައްސަލަތައްވެސް އަންނަނީ ފެންމަތިވަމުންނެވެ.

އެހެންކަމުން މިފަދަ ސްކޭމްތަކުގައި ޖެހި ފައިސާގެ މުއާމަލާތު ކުރުމުގައި ސަމާލުވުމަށާއި އެމީހެއްގެ ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށާއި، އަދި ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހިކޮށް، އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުސީލުތައް ހިއްސާކޮށް އެމީހެއްގެ ނަޒަރު ހޯދުމަށް ފުލުހުން ވަނީ އެދިފައެވެ.

ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުމަކީ ފަރުދީ ޒިންމާއަކަށް ހެދުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި