Search Streamline Icon: https://streamlinehq.com

ދައުރު ނިމެންވާއިރަށް ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ހުރިހައިކަމެއް ފުރިހަމަ ކޮށްދެއްވާނެ: އަމީން އިބްރާހީމް

JP

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް އަންނަ ރިޔާސީ ފަސްއަހަރަށް އިންތިޚާބު ކޮށްފިނަމަ އެމަނިކުފާނުގެ ރިޔާސީ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައި ހުރި ކަންތައްތައް ފުރިހަމަ ކޮށްދެއްވާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމުގައި ޤާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން ވިދާޅުވީ ރިޔާސީ ފސްއަހަރުގެ ދައުރުގައި ކޮށްދެއްވާނެކަމަށް ޤާސިމް އިބްރާހީމް ވިދާޅުވި ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމުގަ އެވެ.

”ކަށަވަރު ބޯހިޔާވަހިކަން“ މި މައިގަނޑުގެ ދަށުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކަކީ އެއްވެސް ޝައްކެއް ނެތްގޮތެއްގައި އަޅުގަނޑަށް ގަބޫލުކުރެވެނީ އެއީ ހަމަ ވަރަށް ބައްލަވާފަ އަދި އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން ހޯއްދަވާފަ ވެވަޑައިގަންނަވާ ވައުދުތަކެއް. ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިއަދަކު އެކަނި އޮތްކަމެއް ނޫން. ރާއްޖޭގަ ވަރަށް ކުރީއްސުރެ ފެށިގެންވެސް އޮތް މައްސަލައެއް އެއީ.“ ޤާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގައި ގެދޮރުގެ ކަންތައްތައް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ ރާއްޖޭގައި ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް އެއަށް ޑިމާންޑް ކުރާކަމެކެވެ.  އަދި ދިވެހިރައްޔިތުންނަށް ހަމަ އެހައމެ ބޭނުންވާކަމެއްވެސް މެއެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރު ވުމަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މާތްﷲގެ ވާގިފުޅާއެކުގައި، ވެރިކަމުގެ ފަސް އަހަރު ނިމެންވާއިރަށް ކަށަވަރުކަންދޭނެ ކަމެއް ކަމުގައެވެ.  އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްކައި އެބޭފުޅުން އެކަން ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި