ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ގައި ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަށް އެންމެ މަތީއިންސައްތަ ވޯޓް ލިބޭނެ ރަށަކީ ރ. އަތޮޅު މީދޫ ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕީޖީ ލީޑަރު، ރ.އަތޮޅު މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު، އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިފަހަރު ޑރ. މުއިއްޒު އަށް އެއްމެމަތީ އިންސައްތަ ވޯޓް ލިބޭނީ ރ.އަތޮޅު މީދޫން ކަމަށާއި، ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަނަށް އޮންނަ ތާއީދޫ މީދޫން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމުގައެވެ.
އާދަމް ޝަރީފް ވިދާޅުވީ މި އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަން ކެންޑީޑޭޓް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ އްމީދު ވަރަށް ބޮޑުކަމުގަ އެވެ.
ޑރ. މުއިއްޒު ވަޑައިގަންނަވާ ހުރިހައި ރަށަކުންވެސް އެމަނިކުފާނަށް އޮތް ތާއީދު ފެނިގެން ދެއެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބް ޑރ. މުއިއްޒުއަށް އެއްބުރުން ކާމިޔާބު ކޮށްދޭނެ ކަމަށް ގިނަ ރަށްރަށުން ދަނީ އަޑު އުފުލަމުންނެވެވެ.












1 ކޮމެންޓް
إن شاء ألله