Search Streamline Icon: https://streamlinehq.com

އިތުރު މަންޒިލްތަކަށް އުދުހެވޭ ގޮތަށް އައްޑޫ ބައިނަލްއަގުވާމީ އެއާޕޯޓު ތަރައްގީކޮށްދޭނަން : މުއިއްޒު

Dr. Muizzu

އައްޑޫގެ ޓޫރިޒަމް ފުޅާ ކުރުމުގެ ސިޔާސަތެއްގެ ދަށުން، އިތުރު މަންޒިލްތަކަށް އުދުހޭ ގޮތަށް އައްޑޫ ބައިނަލްއަގުވާމީ އެއާޕޯޓު ތަރައްގީކޮށްދެއްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑުއަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުގައި އެ އަތޮޅު ހުޅުދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ސަންގްރިއްލާ ރިޒޯޓަށް ވަރަށް ސަމާލުކަން ދީގެން، ސަރުކާރުގެ ފުރަތަމަ އަހަރު، 2024ގެ ކުރީކޮޅު އެ ރިސޯޓު އޮޕަރޭޝަނަށް ގެނެސްދޭނެކަމަށާއި އައްޑޫގެ ޓޫރިޒަމް ފުޅާ ކުރުމުގެ ސިޔާސަތެއްގެ ދަށުން، އިތުރު މަންޒިލްތަކަށް އުދުހޭ ގޮތަށް އައްޑޫ ބައިނަލްއަގުވާމީ އެއާޕޯޓު ތަރައްގީކޮށްދެއްވާނެ ކަމުގައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އައްޑުއަށް އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް ގެދޮރުވެރިކަމާ އެކު ޓޫރިޒަމް ފުޅާކޮށް، ވަޒީފާ އިތުރުކޮށް، އިގްތިސާދީ ވަރުގަދަ ހަރަކާތްތައް ހިންގާނެކަމަށާއި އެ މަނިކުފާނުގެ ސަރުކާރެއްގައި އެކަން ހަގީގަތަކަށް ހައްްދަވައިދެއްވާނެ ކަަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިއަދު މުއިއްޒުއާއި ކެމްޕެއިން ޓީމުން ހުޅުމީދުއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ މީހުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި