ހދ.ކުޅުދުއްފުށްޓައް އުފަން އެރަށު ޝަބުނަމީގެ، ހަސަން އަޒުޔާން (ޔާން) އަކީ އޭނާގެ ބަލިހާލަތު ހުރިގޮތުން ޢުމުރުން ތިން އަހަރުން ފެށިގެން ނޭފަތަށް ލައްވާފައި އިންނަ ހޮޅިން ކާންދެމުން އަންނަ ކުއްޖެކެވެ. ޔާންގެ ނޭފަތަށް ލައްވާފައި އިންނަ ހޮޅި ނައްޓާލައި، އެ ހޮޅި ސީދާ ގޮހޮރަށް ގުޅާލުމުގެ މަސައްކަތް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން މިހާރު ވަނީ ފައްޓަވާފަ އެވެ.
އިންޑިއާގެ ކޮޗިންގައި ހުންވައިގެން ”ފެންވަރުއޮންލައިން“އަށް މައުލޫމާތު ދެއްވަމުން ތުއްތު އަޒްޔާންމެ މަންމަ އާއިޝަތު ސުޒާނާ ބުނީ ޔާން އަކީ ޢުމުރުން 3 އަހަރުން ފެށިގެން ސިކުނޑީގައި ޓިއުމަރެއް އުފެދި އެ ޓިއުމަރ އޮޕަރޭޝާން ކުރެވި އަދިވެސް އެކަމުން އަރައި ނުގަނެވިގެން އުޅޭ ތުއްތު ކުއްޖެއް ކަމުގަ އެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ޔާން އަށް ފަރުވާ ދިނުމަށް ޔާންގެ މަންމައާއި މާމަ މިވަތުވެސް ތިބީ އަމްރިތާ ހޮސްޕިޓަލުގަ އެވެ.

“ މިފަހަރު ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން ނިންމާފައިވަނީ ޔާން އަށް ނުކެވޭތީ މީގެ 3 އަހަރު ކުރިން ޔާން އަން ކާންދިނުމަށް އޭނާގެ ނޭފަތަށް ލައްވާފައި އިންނަ ހޮޅި ނެއްޓޭނެ ގޮތައިކީ ކޮބައިތޯބެލުން. ކީމޯ އާއި ރޭޑިއޭޝަންގެ ސަބަބުން ޔާންއަށް އަނގައިން ނުކެވޭ. އަނގައިން ނުކެވެނިސް ކާންދޭ ހޮޅި ނައްޓާލައިފިނަމަ އަނެއްކާވެސް ވަރަށް ބޮޑަށް ޔާންގެ ހަށިގަނޑު ނިކަމެތި ވެދާނެ ކަނަށްވެސް ޑޮކްޓަރުން ވިދާޅުވި. ފޮޓޯ އިްނ ޔާން ފަލަކަމަށް ފެނުނަސް ޔާންގެ ހަށިގަނޑު އެވަނީ ފޮއްސިގެނެން ދުޅަވެފައިކަމަށްވެސް ޑޮކްޓަރުން ވިދާޅުވި.“ ހަސަން އަޒްޔާންގެ މަންމަ އާއިސަތު ސުޒާނާ ބުންޏެވެ.
ސުޒާނާ ބުނީ ކީމޯއާއި ރޭޑިއޭޝަންގެ އަސަރު މުޅި ހަށީގަނޑަށް ފޯރާފައިވުމުން ރޭގަނޑުގެ ނިދިން ޔާން މަޙްރޫމް ވެފައިވާކަމުގައެވެ. އަދި ޔާން އަށް އެއްގޮތަކަށްވެސް ރޭގަޑު ނުނިގޭ ކަމަށް ވެސް ސުޒާނާ ބުންޏެވެ.
ސުޒާނާ ބުނީ އެހާ ބާރުގަދަ ކީމޯތެރެފީއާއި ރޭޑިއޭޝަން އެހައި ކުޑަކުއްޖެއްގެ ހަށިގަނޑަށް ދެމުންދާއިރު ޔާން ނުކެއުމަކީ ވަރަށް ބޮޑޫ މައްސަލައެއްކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވި ކަމުގައެވެ.
“ އެހެންވެ ޑޮކްޓަރުންގެ ޓީމުން މިހާރު ނިންމާފައިވަނީ ޔާންގެ ނޭފަތުން ހޮޅި ނައްޓާފަ ޔާންގެ ބަނޑަށް (ސީދާ ގޮހޮރަށް) އެ ހޮޅި ބަދަލުކުރަން. ހޮޅި ބަދަލުކުރުމުގެ އޮޕަރޭޝަން ނުކުރެވި ލަސްވެގެން މިދަނީ ޔާންގެ ބޮލުގައި އިން ޓިއުމަރު ނެގިއިރު އެ ޓިއުމަރުން ނުނެގި ހުރި ބާކީބައި އިނީ ޔާންގެ ހަށިގަނޑަށް ބޭނުންވާ ލޮނު އުފައްދައިދޭ ތަނުގެ މަތީގައި ކަމަށްވެފައި އެއްވެސް ވަރަކަށް ޔާންގެ ހަށިގަނޑުގައި ލޮނުނެތުމުން ކަމަށްވެސް ޑޮކްޓަރުން ވިދާޅުވި“ ތުއްތު އަޒްޔާންގެ މަންމަ ސުޒާނާ ކިޔައިދިނެވެ.

ޔާންގެ ހަށިގަނޑުގައި ލޮނުގެބައި ހަމަޖެހުނުހާ އަވަހަކަށް ޔާން އަށް ކާންދިނުމަށް އޭނާގެ ނޭފަތަށް ގުޅާފައި އިން ހޮޅި ބަނޑަށް ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އެވެ. ޔާންގެ އޮޕަރޭޝަނަށް މިފަހަރު ޔާންގެ މަންމައާއި މާ އިންޑިއާއަށް ދިޔައީ މިދިޔަ އޯގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ.
”އަދިވެސް މިކޮޅުގަ ސީދާ ވާނެ ދުވަހެެއް ބުނާކަށް ނޭންގެ. މިދިޔަ އޯގަސްޓް މަހު 12 ވަނަ ދުވަހު އައިގޮތަށް މިތިބީ. ކިތަންމެ ދުވަހެއްވެސް ވެދާނެ. ޔާންގެ އޮޕަރޭޝާން ނިމުނީމަ ދެވޭނީ.“ ސުޒާނާ ބުންޏެވެ.
ސުޒާނާ ބުނީ އަޒުޔާން އަށް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިންގައި ތިބުމުށް ބޭނުންވާ ޚަރަދުތައް ކުރުމުގައި މާލީ ތަނަވަސްކަމެއް ނެތުމުން ރާއްޖެއިން ބޭރުން މިފަދަ ބޮޑު ޚަރަދެއް ކުރުމަށް ނުކުޅެދިފައިވާކަމުގައެވެ. އަދި އެފަދަ ތަނަވަސްކަމެއްވެސް ސުޒާނާގެ ކުޑަކުޑަ އާޢީލާއަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ދީލަތި އެހީ ލިބުމަކީ އެ ކުޑަކުޑަ އާޢިލާގެ މި ދަނޑިވަޅުގެ އާދެހެވެ.
”އިންޑިއާގެ އިމްރިތާ ހޮސްޕިޓަލުން ޔާން އަށް ފަރުވާ ކުރާތާ ލައްކަ ދުވަސް ވެއްޖެ. ކޮންމެ ފަހަރަކުވެސް މިތަނަށް މި އަންނަނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއި އެކު. އެހެންކަމުން އެކި ގޮތްގޮތުން ޔާންއަށް އެހީތޔެރިވެދިން ހުރިހައި ފަރާތަކަށް މިފުރުޞަތުގައި ހިތުގެ އިޚްލާތެރި ޝުކުރު ދަންނަވަން.“ ޔާންގެ މަންމަ ސުޒާނާ ބުންޏެވެ
އަޒުޔާން މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވުމަކީ އަޒުޔާންގެ މަންމަ އާއިޝަތު ސުޒާނާގެ އާއިލާއިން ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. މި ކުޑަކުޑަ އާއިލާގައި ހުރި އެންމެ ތުއްތު ދަރިފުޅަށް އުފާވެރި ޙަޔާތެއް ހޯއްދަވައިދެއްވުމަށް އެ ދެމަފިރިންނާއި ކުޑަކުޑަ އަޒްޔާންގެ އެދުމަކީ ތިއަ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާ އެވެ. އަދި ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްލަ ދެވޭފަދަ ތަނަވަސްކަމެއް ނެތްނަމަ މި ޕޯސްޓް ޝެއާރ ކޮށްލަ ދެއްވުމަކީވެސް ސުޒާނާގެ ކުޑަކުޑަ އާޢިލާގެ ވަރަށް ބޮޑު އެދުމެކެވެ.
އާއިޝަތު ސުޒާނާ 7706462415101 (ރުފިޔާ)
އާއިޝަތު ސުޒާނާ 7730000000463 (ޑޮލަރ)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7853916. 9180016
އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ބާރުއަޅުއްވާ މިންވަރު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.
“وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ” روا مسلم
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”
“ފެންވަރު މީޑީއާ ގުރޫޕް”ގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖް ފޯރުކޮށްދީ އަޒުޔާން އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަޒްޔާންގެ މި ބައްޔަށް ﷲ ތައާލާ އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި، އަޒުޔާންގެ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭނޭމަގު ތަނަވަސް ކޮށްދެއްވުމެވެ. އާމީން!













