Search Streamline Icon: https://streamlinehq.com

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓު ދެ ފަރާތަކަށް ލިބިއްޖެ

BML

ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް 2023 ވަނަ އަހަރުގެ ލިބޭ 2 ވިޔަފާރި ހޮވައިފިއެވެ.

މި ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ލިބޭ ގްރާންޓެކެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ދެ ފަރާތަކީ އާމިނަތު ހަމީދު (މޯލްޑިވިއަން ޕެޓިސިއޭ) ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް އަދި ސަންފާ ނަޒާހަތު އަހުމަދު (ނަޒާހެލްތް) ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަން ގެ ހިދުމަތް ގާއިމުކުރުމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ މޮޅު ޕިޗްތަކާ އެކު މި ގްރާންޓް ކާމިޔާބު ކުރި ފަރާތްތަކުގެ ހުށަހެޅުންތަކުގެ ފެންވަރަށް ސާބަސް ދެއްވާފައެވެ. އަދި މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ފަހުރުވެރިވާ ކަމެއް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެން ދެކެންބޭނުންވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް މި ވިޔަފާރިތަކުގެ ސަބަބުން އައު ފުރުސަތުތަކެއް ފަހިވާ މަންޒަރު“. އޭނާ ވިދާޅުވިއެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައެވެ. ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފައެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން ވަނީ އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި