ޢަބްދުލް މަތީން (މަތީން) ލ.ގަން، ތުނޑި ރަޙީމީ އަބާދު ( 38އ) އަކީ ލ.ގަން އިހައްދޫ ސްކޫލްގެ އޮފީހުގައި މަސައްކަތްކުރަމުން ދިޔަ ހީވާގި، މުރާލި އަދި ރަށުގެ އިސްރައްވެހިންނާއި ޒުވާނުންގެ އިތުރުން ހުރިހައި ޢުމުރެއްގެ މީހުންނާއިވެސް ގުޅިގެން ރަށުގައި ހިންގާ އިޖުތިމާޢީ އަދި ކުޅިވަރުގެ ހަރަކާތްތަކުގައިވެސް އިސްރޯލެއް އަދާކުރަމުންދިޔަ މަޖާ މިޒާޖެއްގެ ހިއްވަރުގަދަ ޒުވާނެ ކެވެ.
އިހައްދޫ ސްކޫލުން ލިބޭ މަދު އާމްދަނީން ކުޑަކުޑަ އާޢިލާއެއް ބަލަމުންދިޔަ މަތީނަށް ދިމާމި ކުއްލި ސްރޯކް އާއި ގުޅިގެން އޭނާގެ ޞިއްޚީ ޙާލަތު ގޯސްވެ އެކަނި ޙާލައިގެން ދިރިއުޅުން ބިނާކުރުމަށް މިހާރު ވަނީ ނުކުޅެދިފަ އެވެ. މަތީނަށް މި ދިމާވި ކުއްލި ޞިއްޙީ ޙާލަތާއި ގުޅިގެން ވަޒީފާއެއް އަދާނުކުރެވޭތާ އަހަރަކަށް ވުރެ ގިނަދުވަސް ވެއްޖެއެވެ.
މިކަމަށް ފަރުވާ ކުރުމަށް އެތައް ފަހަރަކު މަތީނުގެ އާޢިލާއިން ވަނީ އޭނާ ގޮވައިގެން އިންޑިއާއަށް ދަތުރުކޮށްފަ އެވެ. އަދި މިހާތަމަށް މަތީނުގެ ޙާލަތަށް އެދެވޭ ކާމިޔާބީއެއް ލިބިފައި ނެތްނަމަވެސް މަތީނު ބެއްލެވި ޑޮކްޓަރުން ވިދާޅުވަނީ ފަރުވާ ކުރެވިއްޖެ ނަމަ އޭނާއަށް އަލުން ދިރިއުޅުމަށް ރުޖޫޢަ ވެވޭވަރަށް ޙާލަތު ރަނގަޅުވާނެ ކަމުގަ އެވެ.
ނިމިގެން ދިޔަ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 09 ވަނަ ދުވަހު ސްޓްރޯކެއް ޖެހުމުގެ ސަބަބުން، ދިމާވި ޞިއްޙީ މައްސަލައަށް މިއަދާއި ހަމައަށްވެސް މަތީން ގެންދަނީ ފަރުވާ ހޯދަމުންނެވެ. އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭތީ މިކަމަށް އިތުރު ފަރުވާ ހޯދުމަށް މިވަގުތުވެސް މަތީނާއި އޭނާގެ އަންހެނުން ފާތިމަތު ޝިހާމާ ތިބީ އިންޑިއާގެ ޓްރިވަންޑްރަމްގަ އެވެ.
މަތީނަށް މިވަގުތު ދެމުންދަނީ އަޔުރު ވެދިކު ޓްރީޓް މަންޓް އެވެ. މިފަރުވާ ދިނުމަށް އިންޑިއާގައި ގިނަދުވަސްތަކެެއްގައި ތިބެން ޖެހޭކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަމަށް ޝިހާމާ ބުންޏެވެ.
އިންޑިއާގެ ޓްރިވަންޑަރަމްގައި ހުރެ ”ފެންވަރުއޮންލައިން“ އަށް މަޢުލޫމާތު ޙިއްޞާކުރަމުން ޝިހާމާ ބުނީ މަތީނަށް ދެމުންދާ ޓްރީޓްމަންޓަށް ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހިފައިވާ ކަމަށާއި މިފަދަ ޓްރީމަންޓްތަކަށް އާސަންދަވެސް ނުލިބޭ ކަމުގައެވެ.
“ މަތީނަށް ފަރުވާކުރަން އިންޑިއާއަށް އައިފަނުން މިހާރު މަހެއް މިވަނީ. އާސަންދައިން ދިނީ ދެކޮޅު ޓިކެޓާ 500 ޑޮލަރު. މަތީންގެ ޓްރީޓްމަންޓަަށް އެކަނިވެސް 000’360 (ތިންލައްކަ ފަސްދޮޅަސް ފަސްހާސް) އިންޑިއަން ރުޕީސް ދައްކަންޖެހޭ. މިތަނުގަ ތިބުމާއި ކެއުމާއި ދަތުރުފަތުރަށް ވެސް ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ.“ މަތީންގެ އަންހެނުން ޝިހާމާ ބުންޏެވެ.

މަތީނަށް ދިމާވެފައި މިވާ ޞިއްޙީ ޙާލަތުން އަރައިގަނެ އެ ކުޑަކުޑަ އާއިލާއާއި އެކު އުފާވެރި ދިރިޅުމަކަށް ދިއުމަށްޓަކައި ފަރުވާ ކުރުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ފަރާތުން ދީލަތި އެހީތެރިކަމެއް ފޯރުކޮށްލަ ދެއްވުމަކީ މަތީނާއި އޭނާގެ އަންހެނުން ޝިހާމާގެ އިތުރުން އެ ކުޑަކުޑަ އާޢިލާގެ ވަރަށް ބޮޑު އެދުމެކެވެ.
ޝީހާމާ ބުނީ މަތީނު މިބަލިން ސަލާމަތްކުރުމަށް ކުރަންޖެހޭ ބޭސްފަރުވާގެ އިތުރުން އިންޑިޔާގައި ތިބުމާއި ކެއުމާއި، އަދި އެނޫންވެސް ޒަރޫރީ ބޭނުންތައް ބެލެހެއްޓޭނެ ފަދަ ތަނަވަސް ކަމެއް މިވަގުތު އެއާއިލާއަށް ލިބިފައި ނެތްކަމުގަ އެވެ.
މަތީނުގެ އާއިލާއިން އެދެނީ އެހީގެ ކުޑަ މިންވަރެއްވެސް ދެވެން އޮތް ފަރާތެއް ހުރިނަމަ މަތީނަށް އެހީވެދެއްވުމަށެވެ. އަދި އެހީވެވެން ނެތްނަމަ މަތީނަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ހެޔޮ ދުޢާ ދަންނަވައި ދިނުމަކީ އެ އާޢިލާގެ ވަރަށް ބޮޑު އެދުމެކެވެ.
މަތީންގެ ބަލިޙާލާއި ގުޅޭ ގޮތުން، އެއްވެސް މަޢުލޫމާތެއް ހޯއްދަވަން ބޭނުންފުޅުވެލައްވާ ފަރާތެއްވާނަމަ މަތީނުގެ އަންހެނުން ފާތިމަތު ޝިހާމާ/ ލ.ގަން ތުނޑި ސަމީރީ ވިލާ. 7763173 ވައިބަރ ނަންބަރަށް ގުޅުއްވާށެވެ. އަދި މާލީ އެހީތެރިކަމެއް ފޯރުުކޮށްދެއްވުމަށް އެދިލައްވާ ފަރާތެއްވާނަމަ، ޢަބްދުލް މަތީން ނުވަތަ ފާތިމަތު ޝީހާމާ (މަތީންގެ އަނބިމީހާ)ގެ އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދެއްވުމަކީވެސް މަތީނާއި އޭނާގެ އަންހެނުންގެ އިތުރުން އެ އާޢިލާގެ ވަރަށްބޮޑު އެދުމެކެވެ.
ދިވެހި ފައިސާ އެކައުންޓް ނަންބަރު: 7707364229101
އެކައުންޓް ނަން: ޢަބްދުލް މަތީން
ދިވެހި ފައިސާ އެކައުންޓް ނަންބަރު: 7730000362217
އެކައުންޓް ނަން: ފާޠިމަތު ޝިހާމާ
އޭ ލޮބުތި އެކުވެރިންނޭވެ. ތިޔަ އެކުވެރިން މާތްﷲ އަށްޓަކައި ނިކަމެތިންނަށް އެހީތެރިވެދެއްވާށެވެ. މާތްﷲ އަށްޓަކައި ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން ކުރައްވާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫންކަށް އަބަދުވެސް ހަނދާން ބަހައްޓާށެވެ. ތިޔަ އެކުވެރިން މި ދުނިޔޭގައި ކުރާ ހޭދައަކީ އެކަމުގެ ސަބަބުން ދެދުނިޔޭގެ ސަވާބާއި ދަރުމަ ލިބޭނޭކަމެއްކަން ކަށަވަރެވެ.













