Search Streamline Icon: https://streamlinehq.com

ރައީސް ޔާމީންގެ އައު ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މާދަމާ އީސީއަށް ހުށަހަޅާނީ

Raees Yameen fenvaruonline

ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމހޫރިއްޔާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕީޕީއެމް ދޫކުރައްވައި، އައު ސިޔާސީ ޕާޓީއެއް ވުޖޫދައްގެނައުމަށް ނިންމަވައި ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި، މާދަމާގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމަވައިފި އެވެ.

ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައި މިވަނީ ޕީޕީއެމްގެ ލީޑާޝިޕާއިމެދު އެމަނިކުފާނު އުފެދުނު ޚީޔާލު ތަފާތުވުމަކާއި ގުޅިގެންނެވެ.

ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން ސަބަބު ބަޔާން ކޮށްދެއްވަމުން ރައީސް ޔާމީންގެ ލޯޔަރު، ޑރ. މުޙައްމަދު ޖަމީލް އަޙުމަދު، ޗެނެލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމް އާއި ދުރައް ޖެހިވަޑައިގަންނަވަން ރައީސް ޔާމީން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ، ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ބޭނުންފުޅު މުވާތީ ކަމަށާއީ އެއީ ރައީސް ޔާމީނަށް ފަސޭހަ ނިންމުމެއް ނޫން ކަމުގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ރާއްޖޭގެ ވެރިކަމާއި ޙަވާލުވެ ވަޑައިގެން ހިސާބުން ރައީސް ޔާމީން ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕާއި މެދު ހިތްހަމަޖެހިވަޑައިނުގެން ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.

ޕީޕިއެމުން ވަކިކޮށްފައިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު  ކުރެއްވި އެކްސް ޕޯސްޓެއްގައިވަނީ ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައި ވާކަމަށާއި، ޕާޓީގެ ނަމާއި ލޯގޯވެސް ފަރުމާކޮށް ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި