Search Streamline Icon: https://streamlinehq.com

ގެދޮރުވެރިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގައި ދަތިތަކާއެކު ދިރިއުޅޭ އެންމެނަށް، ވެދުން ސަލާމް!

185840 3 57262827697564553c9e878f70e7af077cddd064 medium
Advertisement

2014 ވަނަ އަހަރު ”ގެދޮރުވެރިކުރުން“ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލާފައިވާ ފްލޓްތަކަކީ މީހުން ދިރިއުޅެން އެންމެ އެކަށީގެންވާ ތަނެއްބާ! ”މިއަށްވުރެ ރަނގަޅުވާނެ ކޮށްޓެއްގައި ދިރިއުޅުނަސް.“ މިއީ އެފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޝަކުވާއެކެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން 2014 ވަނަ އަހަރު ކުރިޔަށްގެންދިޔަ މަޝްރޫއުގެ މަސައްކަތް 2016 ވަނަ އަހަރު ވަނީ ނިންމާލާފައެވެ.

ބޯހިޔާވަހިކަމަށް އެދި ފެންބޮވައިގެންފައިތިބި އެތައްބަޔަކަށް އަމިއްލަ ރަށުން ފްލެޓެއް ލިބިގެންދިޔުމަކީ އެމީހުންނަށް ލިބިގެންދިޔަ ރަނެއް މަލެއް ފަދަ ނަސީބެކެވެ. އެގޮތުން ކޮންމެ މަހަކު ކުލިދައްކައިގެން ކިތަންމެ ދުވަހަކު އުޅެންޖެހުނަސް އަމިއްލަވަންތަކަމުގެ އިހުސާސާއެކު ދިރިއުޅުމަކީ ލިބުނު ނިއުމަތަކަށް ނުވެ ނުދާނެކަން ކަށަވަރެވެ.

ފްލެޓްތަކަށް ރައްޔިތުން ކުރި އިންތިޒާރު ނިމުމަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އަޅާފައިވާ ފްލެޓްތައް އޭގެ ހައްޤުވެރިންނަށް ދޫކޮށްފައިވާއިރު އެފްލެޓްތަކުގެ ހާލަތު ދަންނާނެ ބަޔަކުވެސް އުޅެން ޖެހެއެވެ.

ފްލެޓްތައް ހައްޤުވެރިންނަށް ދޫކުރެވުނުކަމުގައިވިޔަސް ގިނަ ފަހަރު އެފްލެޓްތަކުގައި ޖެހޭ މައްސަލަތަކުގެ އަޑޫއަހާ އެމައްސަލަތައް ހައްލުކުރާނެ ބަޔަކު ނުތިބޭކަމީ ހިތާމަވެރި ކަމެކެވެ. ރައްޔިތުންނަށް ސަރުކާރުން ބޯހިޔާވަހިކަން ދީފައިވާއިރު އެރައްޔިތުން އެތަންތަނުގައި އުޅޭ ހާލުވެސް ބަލާލަން ޖެހޭނެ ނޫންތޯއެވެ. ފްލެޓްތަކުގެ ރެންޓުގެ އިތުރުން މެއިންޓެނެންސް ފީ ނަގާއިރު ފްލެޓްތަކުގެ މެއިންޓެނެންސް ފުރިހަމައަށް ކުރެވޭބާ!

Advertisement

އެޗްޑީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު ފްލެޓްތަކުގެ އެގްރީމެންޓް އެކުލަވާފައިވާ ގޮތުންނަމަ ފްލެޓްގެ މެއިންޓެނެންސް ކުރަން އޮތީ ކުލީގެ އިތުރުން 550 ރުފިޔާ މެއިންޓެނެންސް ފީއެއްގެ ގޮތުގައި ދައްކައިގެންނެވެ. އެޗްޑީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު ފްލެޓްތަކުގެ އެގްރީމެންޓް އެކުލަވާފައިވާ ގޮތުންނަމަ ފްލެޓްގެ މެއިންޓެނެންސް ކުރަން އޮތީ ކުލީގެ އިތުރުން 550 ރުފިޔާ މެއިންޓެނެންސް ފީއެއްގެ ގޮތުގައި ދައްކައިގެންނެވެ. 

ފްލެޓްތަކުގެ ކޯރިޑޯ ލައިޓްތައް ހަލާކުވުމުން އެތައް ދުވަހަކު ކަނުއަދިރީގައި ސިޑިން އަރާ ފައިބާން ޖެހޭތީ ރައްޔިތުންގެ ޝަކުވާ މިވަނީ ގިނަވެފައެވެ. ކޯރިޑޯތައް ކުނިކަހާ ސާފްކުރުމުގައިވެސް ވަނީ އިހުމާލުވެފައެވެ. އެހެންނަމަވެސް އެމަސައްކަތަށްވެސް ސަރުކާރުންވަނީ އުޖޫރަ ކަނޑައަޅާ މުވައްޒަފުން ހަމަޖައްސާފައެވެ. އެހެންކަމުން މިކަންތައް މިހެން ވާންޖެހޭ ސަބަބެއް ނެތެވެ. ފްލެޓްތަކުގައި ބަހައްޓާފައި ހުންނަ ފެންވަޅުތަކުގައި މަދިރި ފަނި އުފެދި ވަޅުފެން ބޭނުން ނުކުރެވޭ ވަރަށް  ހަނޑިވެގެންދާއިރު އެކަންތައްތަކާ އުޅޭނެ މީހަކު ނުހުރެއެވެ.

މިފްލެޓްތަކުގެ ފާޚާނާގެ ނަރުދަމާ ނިޒާމާއި ފެންހިންދާ ނިޒާމު އެއްކޮށް ގުޅާފައި އިނުމުގެ ސަބަބުން ފްލެޓްތަކުގެ ފާޚާނާ ފްލެޝްކޮށްލުމުން ފެންހިންދާ ވަޅުގަނޑުން ފެންލީކުގެވެން މުޅިތަން ތަޣައްޔަރުވެއެވެ. އޭގެ ސަބަބުން ގްރައުންޑްފްލޯގައި ތިބޭ މީހުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން މިކޮމިއުނިޓީގައި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑެވެ. 

މެއިންޓެނެންސްފީ ކޮންމެ މަހަކު ދައްކާއިރު ފްލެޓްތަކުގެ މެއިންޓެނެންސް މަސައްކަތް ނުކުރެވޭކަން ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް ގިނަ ދަތިތައް ހުރިކަމަށް ފާހަގަކުރެވުނެވެ. 

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި