ބަރަހަނާ ވެބްސައިޓުތަކަށް ދެވި ހިފުމަކީ އިންސާނުންގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި ލޮޑުކޮށް އުފެއްދުންތެރިކަން މަރާލާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަރަހަނާ ވެބްސައިޓުތަކަށް ދެވި ހިފުމަކީ އިންސާނުންގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި ލޮޑުކޮށް އުފެއްދުންތެރިކަން މަރާލާ ކަމެއް ކަމަށް ޒަމާނީ ދިރާސާތަކުން ދައްކާކަމަށާއި ބަރަހަނާ ވެބްސައިޓުތަކަށް ވަނުމަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކުރުން ފަދަ އެތައް ސަބަބެއް ކުރިމަތިވާކަމެއްކަމަށެވެ.
އަދި ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެފަދަ ނާތަހުޒީބު ދޮރުތައް ބަންދުކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާއި އެގޮތުން އެކަން ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގޮތުން ގައުމާއި މުޅި އިންސާނިއްޔާތު ސަލާމަތްކުރުމަށްޓަކައި، އެމަނިކުފާނު ފިޔަވަޅު އަޅުއްވާނެ ކަމަށާއި މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި ތަޅުއަޅުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަންގައިގެން މިހާރު ވެސް ވަނީ ރާއްޖެ އަށް ފެންނަ ބަރަހަނާ ސައިޓުތައް ބްލޮކްކުރަން ފަށައިފަ އެވެ. މިއީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކުގެ އެކްސެސް މި ގޮތަށް ކަނޑާލި ފުރަތަމަ ފަހަރެވެ.










1 ކޮމެންޓް
ދިވެހި ރާއްޖޭގެ ޢިއްޒަތް ތެރިރައީސުލް ޖުމްހޫރިއްޔާ ހުރަވީ ދުވަހު ގައުމާއި. މުޚާޠާބު.ކުރި ޢިބްރަތް ތެރިބަސްކޮޅު ވެގެން ދިޔައީ ހޭޅިފަށުގަ މުޑުދާރު ބަސްދީ ގަތުމަކަށް. މިފަދަ ކަންކަމާއި ބަސްތައް މުއައްސަ ސާތަކަށް.ދޫކޮށް ޢިއްޒަތާއި ގަދަރު ދެމެހެއްޓުން މުހިއްމު…