Search Streamline Icon: https://streamlinehq.com

ޙާލުގައި ޖެހިފައިވީ ހިނދު އަޅާލުމުގެ ނަތީޖާ

Cars

ކުވައިތުގެ ނަން މަޝްޙޫރު ޝައިޚް, ޢަބްދުއްރަޙްމާން އައްސުމައިޠް (ރަޙިމަހު ﷲ) ކިޔައިދެއްވިއެވެ:

“ އަހަރެމެންގެ ކާރު ކެންޔާގެ ސަހަރާއެއްގައި ދުއްވަމުން ދަނިކޮށް ހުއްޓުނެވެ. އަދި އެވަގުތު އަހަރެމެންގެ ކައިރިން ލާފައި ދިޔަ ފައްޅިއެއްގެ ކާރަކަށް ގޮވައި، އެހީތެރިވުމަށް އެމީހުން ގާތުގައި އެދުނީމެވެ.

އެމީހުންނަށް ކުޅަދާނަކަން ލިބިގެންވާނަމަ އެންމެ ކައިރީގައިވާ ރަށްފުށަށް އަހަރެމެން ގެންގޮސްދިނުމަށް ބުނީމެވެ. އަހަރެމެންގެ އަތުގައި ބޯނޭ ފެން ފޮދެއްގެ މިންވަރުވެސް ނެތެވެ. އެހިނދު އެކާރުގައި އިން އިޓަލީވިލާތުގެ ފާދިރީއެއް ބުންޏެވެ. “ ކަލޭމެން ތިއީ އަހަރެމެންގެ ޢަދުއްވުން ކަމުގައިވާ ޙާލު އަހަރެމެންގެ ގާތުގައި އެހީއަށް އެދެނީހެއްޔެވެ؟! ފަހެ، ”މުޙައްމަދު“ (صلى الله عليه وسلم) ކަލޭމެންނަށް އެހީތެރިވެދެން ބަހައްޓާށެވެ.!! “ އެހެން ބުނެ އެމީހުން ހިނގައްޖެއެވެ.

ވަޤުތު ކޮޅަކަށް ފަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅުން އަހަރެމެން ކާރު ހަދައި ކުރިއަށް ދިޔައީމެވެ. ގާތްގަނޑަކަށް ފަސް ކިލޯމީޓަރަށް ދެވުނު ތަނާ ކާރެއް ފެނުނެވެ. އެއީ އެއްކަލަ ފައްޅީގެ ކާރެވެ. އެކާރަށް މައްސަލައެއް ދިމާވެ ހުއްޓުމަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ އިރާދަކުރެއްވީއެވެ.

އެމީހުން އެހީތެރިކަމަށް އެދުމުގެ ކުރިން އަހަރެމެން ކާރު މަޑުކޮށް، އެމީހުންނަށް އެހީތެރިވީމެވެ. އެމީހުން ކައިރީގައިވާ އަވަށަށް ފޯރު ކޮށްދޭނީ ތޯ، ނުވަތަ ކާރު ހަދައިދޭން މަސައްކަތް ކޮށްދޭންވީ ތޯ،އަހަރެމެން އެހީމެވެ. އަދި މިނޫންވެސް ބައެއް ހުށަހެޅުންތައް ހުށަހެޅުނެވެ. ކޮންމެ އަކަސް އަހަރެމެންގެ މަސައްކަތާއި ﷲ ގެ ރަޙުމަތުން އެމީހުންގެ ކާރު ހަދައި ދިނީމެވެ.

އެއަށްފަހު ހަމައެކަނި އަހަރެމެން ބުނި ބަހަކީ، ”އެހީތެރިކަމަށް ޖެހިފައިވާ ކޮންމެ ބަޔަކަށް އެހީތެރިވުމަށް އަހަރެމެންގެ ދީން އަމުރުކުރެއެވެ.“ ކާރު ހެދުމަށްފަހު، އަހަރެމެން ކުރިއަށް ދިޔައީމެވެ.

މުއްދަތަކަށް ފަހު، އަހަރެމެންނަށް ޚަބަރު ލިބުނީ އެކާރު ގައި ވި ހުރިހާ މަސީޙީން އިސްލާމްވިކަމެވެ. އަދި އެއީ އެމީހުންނާއި ދީނާ ބެހޭ އެއްވެސް ކަހަލަ ބަހެއް އަހަރެމެން ނުބުނާ ޙާލުމެއެވެ.“

އާދެ މިއީ ހެޔޮކޮށް މުޢާމަލާތް ކުރުމެގެ ހެޔޮ ނަތީޖާއެވެ. ޙާލުގައި ޖެހިފައިވީ ހިނދު އަޅާލުމުގެ ނަތީޖާއެވެ. އިސްލާމީ ރިވެތި އަދަބުން ޒީނަތްތެރިވެ ނަމޫނާ ދެއްކުމުގެ ނަތީޖާއެވެ. ބަޔަކަށް އިސްލާމްދީނުގެ ޙިދާޔަތް ލިބުމަށް ﷲ މިންވަރު ކުރެއްވި ރިވެތިވެގެންވީ މުޢާމަލާތެކެވެ.

………………………………………………………………………………..

ޝައިޚް އައްސުމައިޠީ އަކީ ކާކު؟

ޝައިޚް އައްސުމައިޠް ރަޙިމަހު ﷲ 29 އަހަރު އެފްރިކާގައި ހޭދަ ކުރެއްވިއެވެ. އެބޭފުޅާގެ އަގުހުރި އެތަކެއް ގިނަ ޚިދުމަތްތަކާއި ޙާޞިލްވުންތަކަށް ބަލާލާއިރުގައި، އޭގެ ބައެއް މުހިއްމުކަންކަމުގެ ތެރޭގައި:

11- މިލިއަނަށް ވުރެއް ގިނަ މީހުން އިސްލާމްވި ކަމުގެ ސަބަބެއްކަމުގައި އެބޭފުޅާ ވިއެވެ.

95,000- އަށްވުރެއް ގިނަ ކިޔަވާ ކުދިންގެ ފީ ބެލެހެއްޓެވި އެވެ.

9500- އަށްވުރެއް ގިނަ ޔަތީމުން ބެލެހެއްޓެވި އެވެ.

5700- މިސްކިތް ބިނާކުރެއްވިއެވެ.

860- މަދަރުސާ ބިނާކުރެއްވިއެވެ.

102- އިސްލާމީ ސެންޓަރ ބިނާކުރެއްވިއެވެ.

9500- ފެން ވަޅު އެޅުއްވިއެވެ.

51 – މިލިއަަނަށް ވުރެއް ގިނަ މުޞްޙަފު ބެއްސެވިއެވެ.

4 – ޔުނިވާރސިޓީ ބިނާކުރެއްވިއެވެ.

200- ސެންޓަރ އަންހެން ކަނބަލުންނަށް ޚާއްޞަ ބިނާކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި