Search Streamline Icon: https://streamlinehq.com

ދަތުގައި ރިއްސަނީތަ؟ އެހެންކަމަށް ވާނަމަ ބިލިމަގު ޚިޔާރުކުރައްވާ!

Bilimbi
Advertisement

ބިލިމަގަކީ ކާމަރަނގަ އާއި އެއް އާއިލާކަށް ނިސްބަތްވާ ހުތް ފޮނިމޭވާ އެކެވެ. އާންމުކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބިލިމަގު ހައްދާ އުޅެއެވެ. ބިލިމަގަކީ ތަފާތު ބާވަތްތަކުގެ ކާތަކެތި ވެސް ތައްޔާރުކުރުމަށް ބޭނުންކުރާ މޭވާގެ ބަވަތެކެވެ. ރާއްޖެއިން ވަރަށް ގިނައިން ލިބެން ހުންނަ ބާވަތެއްވެސް މެއެވެ.

ބިލިމަގު އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ.

ބިލިމަގަކީ އޭގެ މީރު ކަމާއި އެއްވަރަށް، ސިއްހީ ފައިސާތަކުން ފުރިފައިވާ މޭވާއެކެވެ. އެގޮތުން ދަތުގައި ރިއްސާނަަމަ ރިއްސުން ކުޑަ ކުރުމައް ބިލިމަގުން ފަރުވާ ހޯދިދާނެއެވެ.

ގިނަފަހަރަށް، ދަތެއްއި ރިއްސާނަމަ މުޅިދުވަސް ބޭކާރު ގޮތުގައި ހޭދަވެގެން ދެޔޭ ބުނުން ދޮގަކަށް ނުވާނެއެވެ. ދަތުގައި ރިއްސާނަމަ، އެ ރިއްސާ ދަތުގައި ބިލަމަގު ކޮޅެއް ޗަސްކޮށްފައި އަޅާލާށެވެ. މިކަން ތަޖުރިބާ ކޮށްފައި ތިބި ގިނަ ބަޔަކު ބުނާ ގޮތުން މިކަމަކީ ރިހުން ކެނޑުވުމަށްޓަކައި ކައިއުޅޭ ބޭހަށްވުރެ ފައިދާ ބޮޑު ކަމެއް ކަމަށެވެ.

މީގެ އިތުރުން ބިލިމަގުން ލިބޭ އެހެން ސިއްހީ ފައިދާތަކަށް ބަލާއިރު، ބިލިމަގަކީ ކެއްސުމައް ވެސް ރަނގަޅު ފަރުވާއެކެވެ. މީގެ އިތުރުން  މޫނުގައި ނަގާ އޮށާޅަތައް ފިލުވާލުމަށް ވެސް ބިލިމަގު އެހީވެދެއެވެ.

Advertisement

މީގެއިތުރުން ބިލިމަގުގައި ހިމެނޭ ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓެކެވެ. ވިޓަމިން ސީގެ އިތުރުންވެސް އިތުރު އެންޓި އޮކްސިޑެންޓްތައް ވެސް ބިލިމަގުގައި އެކުލެވިގެންވެއެވެ. ނަތީޖާއެއްގެ ގޮތުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށް ދެއެވެ.

ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްފައި ބެހެއްޓުމަކީ މުސްކުޅިވުން ލަސްވެ، އެކިބާވަތުގެ ކެންސަރުތައް ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ހުސްބަނޑާހުރެ ކޮންމެ ދުވަހަކުވެސް ބިލިމަގެއް ކެއުމަކީވެސް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެއްކަމަށް ވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި